ރައީސް މުހައްމަދު ނަޝީދު އާއި ރޮޒައިނާ އާދަމް
ހަބަރު
01 Aug 2023 | 15:25
ރައީސް ނަޝީދަށް އަޅުގަނޑާ ބެހިނުލާ ހަމަ ނުހުރެވެނީ: ރޮޒައިނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ ވަރުގަދަކަން ފެނިފައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި "ބެހި ނުލާ" ނުހުރެވޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒައިނާ ގެނައުމަކީ ކުރެވުނު ވިޔާނުދާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، މީދޫ އާއި މަރަދޫފޭދޫގައި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ހަރަކާތްތައް ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރައީސް ސޯލިހު އެ ދާއިރާ ބޮޑުކޮށް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމަ ރައީސް ނަޝީދަށް އަޅުގަނޑާ ބެހިނުލާ ހަމަ ނުހުރެވެނީ! މި ޓީމްގެ ވަރުގަދަކަން ފެނިފަ!" ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، މަރަދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޕާޓީއަށް ގިނަ މީހުން ވަނުމުން ގިނަ ބައެއްގެ މަޝްވަރާއާ އެކީގައި ރަނގަޅު ކަންތައްތައް ފެންނަ ކަމަށެވެ. 

"އެހެން ނަމަވެސް މި ވީގޮތަކީ، ހަމަ އަހައްމައިދީ އަރިހުގައި އަޅުގަނޑު ނަންގަނެގެން މި ހޮވައިދިން ތިޔަބޭފުޅުންގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް. އެއީ އަޅުގަނޑުމެން ދެ މީހުން ކުރި ވިޔާނުދާ ކަމެއް،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.