ހާދިސާގައި ނިޔާވި އިމާމް މައުލާނާ ސާދް
ހަބަރު
02 Aug 2023 | 10:58
އިންޑިޔާގެ ހިންދޫއިން މިސްކިތެއް އަންދާލައި އެމިސްކިތުގެ އިމާމު މަރާލައިފި

އިންޑިޔާގެ ގުރްގްރަމް ކިޔާ އަވަށެއްގެ މިސްކިތަކަށް ގެއްލުންދިން ހިންދޫން ތަކެއް އަންޖުމަން ޖަމާ މިސްކިތައް ގެއްލުންތަކެއް ދިނުމަށްފަހު އެމިސްކިތުގެ އިމާމަށް އަނިޔާކޮށް މަރާލައިފިއެވެ.

މިހާދިސާގައި ނިޔާވެފައިވާ މީހަކީ މައުލާނާ ސާދް ކަމަށް ޕޮލިހުން ވަނީ ކަށަވަރުކޮށްދީފައެވެ. މިސްކިތައް ގެއްލުންދީ ސާދްއަށް އަނިޔާކުރި ތަނުގައި ތިބި އިތުރު ތިން މީހުންގެ ތެރެއިން އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

މިހާދިސާއާއި ގުޅިގެން މައުލޫމާތުދިން އިންޑިޔާގެ ފުލުހުންގެ އޮފިސަރަކު ވިދާޅުވެފައިވަނީ މިކަމުގައި 60 އަކަށް މީހުން ބައިވެރިވެފައިވާކަމަށާއި، އަދި އެމީހުން މިސްކިތުގައި ހުޅުޖަހައި މިސްކިތަށް ގެއްލުންތަކެއް ދިން ކަމަށާއި މިސްކިތުގެ އިމާމުގެ ގައިގައި ތަޅައި އަނިޔާ ކުރުމުގެ ސަބަބުން އެނާ ނިޔާވެފައިވާކަމަށެވެ.

އެޕޮލިސް އޮފިސަރ އިތުރަށް ވިދާޅުވެފައިވަނީ މިކުށުގައި ޝާމިލްވާ އެއްބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެބައިމީހުނާއި ދެކޮޅަށް އެފްއާރްއައި ރެޖިސްޓަރ ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހްޤީޤު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިހާދިސާގައި އަންޖުމަން ޖަމާ މަސްޖިދް އެއްކޮށް ވަނީ އަންދާލައިފައެވެ.

މިކަމުގައި ޝާމިލްވާ ބަޔަކު ހައްޔަރު ކުރިނަމަވެސް އަދިވެސް ގުރްގްރަމްގެ ރައްޔިތުން ތިބީ ބިރުން ކަމަށް އަލްޖަޒީރަގައި ބުނެފައިވެއެވެ. އަލްޖަޒީރާގައި ބުނެފައިވަނީ އަދިވެސް ހައްދުފަހަނައެޅި އަނިޔާވެރި ހިންދޫންގެ ގްރޫޕްތަކުން ގުރުގްރަމްގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެމީހުން މުސްލިމުން ހިންގާ ކުދި ވިޔަފާރި ތަކުގައި ރޯކޮށް ހުޅުޖަހަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.