ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް ހަވާލުކުރުން-- ފޮޓޯ/ ވޮއިސް
ހަބަރު
02 Aug 2023 | 12:10
ސްޕްރީމްކޯޓްގެ ނިންމުމުން ހެކި ދައްކައި އީސީ ގެ ނިންމުން ގާނޫނާއި ޚިލާފްކަން ހާމަކޮށްދީފި!

ސްޕްރީމްކޯޓްގެ ނިންމުމުން ހެކި ދައްކައި, އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ ގަބޫލު ނުކުރަން އީސީން ނިންމި ސަބަބު ގާނޫނާއި ޚިލާފްކަން ހާމަކޮށްދީފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު، އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ.  

"ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ހުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްގައްޔޫމް ކިބައިގައި ފުރިހަމަ ނުވުން" ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރަން އީސީން ނިންމާފައިވާއިރު، އެ ނިންމުން ސްޕްރީމް ކޯޓުގެ ނިންމުމާއި ޚިލާފްކަން ހާމަކޮށް، ޕީޕީއެމްގެ ރެޖިސްޓްރަރ އަހުމަދު ހަމްދާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. 

ހަމްދާންގެ އެ ޓުވީޓުގައި އޭނާ ވަނީ އޭނާ އެހެން ވިދާޅުވި ސަބަބު ސާބިތު ކޮށްދެއްވުމަށް ސްޕްރީމްކޯޓްގެ ނިންމުމުގެ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ. 

ހަމްދާން ހިއްސާ ކުރެއްވި ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި ކޯޓުތަކުން ކުރާ މަދަނީ އަދި ޖިނާއީ ހުކުމްތައް އިސްތިއުނާފު ކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްގެއް ކަމަށެވެ.

އަދި ގާނޫނުއަސާސިގެ 66 ވަނަ މާއްދާއަށް ބެލުމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް އަދި ގާނޫނެއްގެ ދަށުން ހަދާ ގަވާއިދެއްގައިވެސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤަކާ ފުށުއަރާގޮތަށް، ޤަވާއިދެއްގެ މާއްދާއެއް ހިމަނައިގެން އެމައްޗަށް އަމަލު ކުރުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫންކަން އެނގޭ ކަމަށްވެސް އެ ހުކުމުގައިވެ އެވެ.

"ވުމާއެކު، ޝަރުއީ ކޯޓަކުން ކުށް ސާބިތުވެ ހުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ޙުކުމެއް އެއީ އިސްތިއުނާފު މުއްދަތުތައް ފަހަނައަޅައިދިއުމަށްފަހު ނިހާއީ ހުކުމަކަށްވާ ފަހުންނެވެ." ސްޕްރީމްކޯޓްގެ ނިންމުމުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.