ބާރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
02 Aug 2023 | 15:05
ބާރަށު ރައްޔިތުންތިބީ ތަރައްޤީއާއި އެކު ކުރިއަށްދާން ތައްޔާރަށް: ރައީސް ޞާލިޙް

ހއ ބާރަށު ރައްޔިތުން ތިބީ މިސަރުކާރުން ގެންނަމުންދަ ތަރައްޤީއާއި އެކު ކުރިއަށްދާން ތައްޔާރަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅަށް ކުރައްވަމުންދާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ޖަލްސާގައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިއަދު އެރަށަށް ފައިބައިގެން އައިރު ފެނިވަޑައިގަތީ 2018ގެ އިންތިޚާބުގެ ތެރޭގައި މަރުޙަބާކީ ރައްޔިތުންނަށްވުރެ ގިނަ ރައްޔިތުން މަރުޙަބާ ކީ މަންޒަރު ކަމަށާއި އެއިން ދައްކުވައިދެނީ ބާރަށު ރައްޔިތުން ތިއްބެވީ މިސަރުކާރުން މިއަދު މިގެންނަމުންދާ ތަރައްޤީއާއި އެކު ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

"ބާރަށަކީ މުސްތަޤްބަލު އޮތް ރަށެއް، ހަނިމާދޫ އެއަރޕޯޓު އެއޮތީ މިރަށާ 15 ވަރަކަށް މިނިޓު ކައިރީގައި، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަށްވުރެ ފައްކާ ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދެކެން، ތިޔަބޭފުޅުން ތައްޔާރުވާންވީ ދުރާލާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުތެރޭގައި އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ގެސްޓުހައުސް އެޅުމަށްޓަކައި ވަކިފަންޑެއް ހުޅުވައި އޭގެން ލުއި ލޯނު ލިބޭ ގޮތް ހަދައިދޭނަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.  

އޭގެ ސަބަބުން ރަށުގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދުމަށް މަގުފަހުވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ކުރައްވަމުން މިގެންދާ ކެމްޕޭނު ދަތުރުފުޅުގައި މިހަފްތާގައި ވަނީ ށ.އަތޮޅުގެ ގިނަ ރަށްތަކަކަށްވެސް ޒިޔާރަތް ކުރައްވައިފައިވެއެވެ. މިދަތުރުތަކުގައި ކޯލިޝަންގެ ބައިވެރިންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ