ޖެމެއިކާ އާއި ބްރެޒިލް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
02 Aug 2023 | 18:38
1995 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބްރެޒިލް ގުރޫޕް ސްޓޭޖުން ކަޓައިފި

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި ޖެމެއިކާ އާއި ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، 1995 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބްރެޒިލް ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ.

މިއީ 1991 ވަނަ އަހަރަށް ފަހު ވޯލްޑްކަޕް ގްރޫޕް ސްޓޭޖު މެޗެއްގައި ބުރެޒިލް އަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ފުރަތަމަ މެޗެވެ. އަދި މިއީ ފާއިތުވެދިޔަ 28 އަހަރުގެ ތެރޭގައި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ބުރެޒިލް ކެޓި ފުރަތަަމަ ފަހަރެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބުރެޒިލް އިންނެވެ. އެގޮތުން މި ހާފުގައި އެޓީމުން ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފު ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ބުރެޒިލް މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ވެސް ޖެމެއިކާގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ބްރެޒިއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެމެއިކާގެ ގޯލްކީޕަރު ރެބެކާ ސްޕެންސާ ވަނީ ބްރެޒިލް އިން ފޮނުވާލި ނުވަ ހަމަލާއެއް ދިފާއުކޮށްފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު ޖެމެއިކާގެ ތާރީޚްގައި ފުރަތަމަފަހަރަށް ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުން އެޓީމަށް ވަނީ ޖާގައެއް ކަށަވަރުވެފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ޖެމެއިކާއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ބްރެޒިލް މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

މި ގުރޫޕްގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓް ހޯދާފައިވާ ފުރާންސް އަށެވެ. އެޓީމު ވަނީ މިއަދު ޕެނަމާ އާއި ވަދަކުރި ގްރޫޕްގެ ފަހު މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.