ހޮނިހިރު ދުވަހު މާލޭގައި ބޭއްވި އިހްތިޖާޖުގެ ތެރެއިން. ފޮޓޯ: އައިސްޓޭންޑްވިތްނިޤާބް
ހަބަރު
03 Aug 2023 | 13:28
މޫނުބުރުގާގެ ދިފާޢުގައި ބާއްވާ ދެވަނަ އިޙްތިޖާޖު މާދަމާ!

މޫނުބުރުގާގެ ދިފާޢުގައި ބާއްވާ ދެވަނަ އިޙްތިޖާޖު މާދަމާ ބާއްވަން ނިންމައިފިއެވެ.

މި އިޙްތިޖާޖު އިންތިޒާމު ކުރާ "އައިސްޓޭންޑްވިތްނިޤާބް" ފޭސްބުކް ޕޭޖުގެ ފަރާތުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ މޫނުބުރުގާގެ ދިފާޢުގައި ބާއްވާ އިޙްތިޖާޖުގެ ދެވަނަ އިޙްތިޖާޖު އޮންނާނީ 4 އޮގަސްޓު ވާ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ކަމަށެވެ. އިވެންޓް އޮންނާނީ ހެންވޭރު އާޓިފިޝަލް ބީޗުގައި ކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް މި އިޙްތިޖާޖު ކުރިއަށް ދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

މި އިޙްތިޖާޖުގެ ޑިމާންޑަކީ މޫނުބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތަޢުލީމު ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް އޮތް މާއްދާ އުވައިލައި ސާފު ނައްޞުން މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެކަމާއި ތަޢުލީމު ދެވޭނެ ކަން އުސޫލުން ބަޔާން ކުރުން ކަމަށް "އައިސްޓޭންޑްވިތްނިޤާބް"ން ބުނެފައިވެއެވެ.

މީގެ އިތުރުން މި އިޙްތިޖާޖު އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމަށް ތާއީދު ކުރާ ދެޖިންސުގެ މީހުންނަށްވެސް އިޙްތިޖާޖުގައި ބައިވެރިވެވޭނެ ކަމަށެވެ.

އިޙްތިޖާޖު ކުރުމުގެ ތެރޭގައި ދެ ޖިންސު މަސްހުނި ނުވާނެކަމަށާއި، މި އިޙްތިޖާޖަކީ ހަމަހިމޭން އިޙްތިޖާޖެއް ކަމަށް އެފަރާތުން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އެފަރާތުން ވަނީ ކާނިވާ ސަރަހައްދުގައި ހިމޭން އިޙްތިޖާޖެއް ކޮށްފައިވެއެވެ. ހަމަ އެދުވަހު ރާއްޖޭގެ ދެރަށަކުންވެސް މި އިޙްތިޖާޖުގައި ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ