ބަންޑާރަނައިބު އިބްރާހިމް ރިއްފަތު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
03 Aug 2023 | 17:36
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައަށް ދައުލަތުން ތަދައްޚުލްވެއްޖެ!

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ތަދަހުއްލްވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އޭޖީ އޮފީހުން ތަދައްހުލްވާން ޖެހޭކަމަށް ސުޕްރީމް ކޯޓުން ނިންމީ، ކޯޓުތަކުގެ ގާނޫނުން އެ ކޯޓަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ. އެއީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި މަސްލަހަތު އޮތްކަމަށް ކޯޓަށް ފެންނަ ބަޔަކު ތަދައްހުލުވުމެވެ.

އެކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހާޞިރުވުމަށް ނިންމަވާފައިވާ ކަމަށެވެ. 

ރައީސް ޔާމީން ގެ ކެންޑިޑެސީ މައްސަލައިގެ ތެރެއަށް އޭޖީ އޮފީހުން ތަދައްހުލު ވެފައިވާއިރު، އެމަނުކުފާނަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ކަމަށް ބުނެ ޕީޕީއެމުންވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު އެކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އީސީ އިން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ބަލައި ނުގަންނާނެ ކަމަށް ނިންމައި އެކޯލިޝަނަށް އެކަން އަންގާފައެވެ.

އަދި ކެނޑިޑެސީ ބަލައި ނުގަތް ސަބަބެއް ކަމަށް އީސީ އިން ބުނެފައިވަނީ ރައީސް ޔާމިން ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ދިޔުމެވެ.

"ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ހުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްގައްޔޫމް ކިބައިގައި ފުރިހަމަ ނުވުން" ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.

އީސީ އިން އެމަނިކުފާނުގެ ކެނޑިޑެސީ ބަލައި ނުގަތުމުން ރައީސް ޔާމިންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ވައްދައިފައެވެ. އަދި އެކޯޓުން ވަނީ އެކޮމިޝަނަށް އެމައްސަލައަށް ޖަވާބުދާރީ ވުމަށް އަންގައިފައެވެ. ސްޕްރީމް ކޯޓުން ވަނީ މިއަދު 3:00 ގެ ކުރިން އެމައްސަލައަށް ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

މިމައްސަލައިގެ އަޑު އެހުން މިހާރުވަނީ ހުކުރުދުވަހަށް ތާވަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.