ކޮލަންބިއާ އާއި މޮރޮކޯ ވާދަކުރި މެޗަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
03 Aug 2023 | 19:12
ޖަރުމަނު ފަހަތަށް ޖައްސާލުމަށްފަހު މޮރޮކޯ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އެޗްގައި ކޮލަމްބިއާ އަތުން މޮޅުވެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މޮރޮކޯ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މޮރޮކޯ އަށް ޕެނަލްޓީއެއް ދީފައެވެ.

މޮރޮކޯގެ ތަޖުރިބާކާރު މިޑްފިލްޑަރު ގިޒްލޭން ޗެބްބަކް ފޮނުވަލި ޕެނަލްޓީ ކޮލަމްބިއާގެ ކީއްޕަރު ދިފާއުކުރި ނަމަވެސް އެބޯޅަ ލިބުނީ މުޅިން ހުސްކޮށް ހުރި މޮރޮކޯގެ ފޯވާޑް އަނީސާ ލަހްމާރީ އަށެވެ. އޭނާ ވަނި ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި މެޗުގައި މޮރޮކޯއަށް ލީޑު ހޯދައިދީފައެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ކޮލަމްބިއާ އަށެވެ. ދެވަނަ ހަފުގެ 78 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް މެއިރާ ތަޓައިނާ ރަމިރޭޒް ފިނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ. މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ މޮރޮކޯ އިން ހޯދި ތާރީޚީ ކާމިޔާބެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި މޮރޮކޯ އިން ވަނީ މުބާރަތުގެ ދެވަބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި މެޗުން ބަލިވި ނަމަވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ އަށް ވެސް ވަނީ ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ ވާދަކުރަންޖެހެނީ ފްރާންސް އާއި ދެކޮޅަށެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން މިދެޓީމުގެ މެދުގައި ކުޅެވޭ ފުރަތަަމަ މެޗެވެ. އެކުވެރިކަމުގެ މެޗެއްގައި 2008 ވަނަ އަހަރު މިދެޓީމު ވާދަކުރި މެޗު 6-0 ގެ ނަތީޖާއަކުން މޮޅުވީ ފުރާންސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.