އިންތިޚާބެއްގެ ތެރެއިން--
ހަބަރު
04 Aug 2023 | 12:38
ރީ ރެޖިސްޓްރޭޝަން މުއްދަތު މާދަމާ ހަމަވާނެ؛ ދެން މުއްދަތު އިތުރު ނުކުރާނެ: އީސީ

‏ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ (2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް، ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. 

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާ ހަމަވާއިރު، އެ މުއްްދަތު ދެން އިތުރު ނުކުރާނެ ކަމަށެވެ.

ވީމާ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކުރައްވައިގެން، އެ ބޭފުޅަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރުމަށް ހަބީބު ވަނީ އެދިލައްވާފައެވެ. އަދި މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލަން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް ހަބީބު ވަނީ އެދިލައްވާފައެވެ.

ހަބީބު ވިދާޅުވީ ރީ ރެޖިސްޓްރޭޝަން އަށް ދެން ދެވަނަ ފުރުސަތެއް ނުލިބޭނެ ކަމަށާ، ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށެވެ.

އެހެންނަމަވެސް، މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ލިބޭނެ ކަމަށާ، އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

މިއާއެކު އޭނާ ވިދާޅުވީ، އެންމެ ފަހުވަގުތަށް މަޑުނުކޮށް، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ބޭފުޅުންނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އީސީ އިން އިލްތިމާސް ކުރާ ކަމަށެވެ. އަދި މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށް ލެއްވުމަށް، ވީއާރު ޖެހުމަށްފަހު، އައިޑެންޓިޓީ ކާޑުގެ ނަންބަރު ޖައްސަވާ 1414 އަށް އެސްއެމްއެސް ކުރުމުން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.