ހަބަރު
04 Aug 2023 | 13:29
ފުރެދުމަކަށް ގޮވާލި މީހާ، އޭނާއަށް ތަބާވި މީހުންގެ ފާފަވެސް އުފުލަންޖެހޭނެ: ޚުތުބާ

ފުރެދުމަކަށް ގޮވާލި މީހާއަށް، އޭނާއާ ތަބާވި މީހުން ކުރި ނުބައި އަމަލު ތަކުގެ ފާފަތައް ލިބޭނެ ކަމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ހެޔޮކަމުގެ ތަޅުދަނޑި މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ހެޔޮކަމުގެ އެންމެ މުހިއްމު ތަޅުދަނޑި އަކީ، ފައިދާ ހުރި ޢިލްމުތައް އުނގަންނައި ދިނުމާއި، ތަފާތު ވަސީލަތް ތަކުން ޢިލްމު ފެތުރުން ކަމަށެވެ. އަދި ހުރިހާ ހެޔޮ ކަމެއްގެ އަސާސަކީ ޝަރުއީ ގިއުގަނޑުގެ ތެރޭގައި ދެވޭ ރަނގަޅު ތަޢުލީމު ކަން ފާހަގަ ކޮށް ޚުތުބާގައި ބުނީ، ޒަމާނީ ކުރުމުގެ ނަމުގައި ވިޔަސް ތަޢުލީމް އެ ގިއުގަނޑުން ބޭރު ވެގެން ނުވާނެ ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، މިއަދު އަހަރެމެންގެ ތެރެއަށް ފެތުރެމުންދާ ނުބައި އާދަތަކާއި، ބަދު އަޚްލާޤީ އަމަލު ތަކާއި، އިސްލާމް ދީނާއި ޚިލާފު ފިކުރު ތަކުގެ ސަބަބަކީ ނުބައި ކަންތައް ތަކުގެ ތަޅުދަނޑިތައް ގިނަވުން ކަމަށެވެ. އަދި ހެޔޮ ކަމުގެ ތަޅުދަނޑި ތައް މަދު ވުން ކަމަށެވެ. 

"ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އެވެ. "ފުރެދުމަކަށް ގޮވާލި މީހާއަށް، އޭނާއާ ތަބާވި މީހުން ކުރި ނުބައި އަމަލު ތަކުގެ ފާފަތައް ލިބޭނެއެވެ. އެއީ އެބަމީހުން ކުރި ނުބައި ކަމުގެ ފާފައިން އެއްވެސް އެއްޗެއް އުނިވުމެއް ނެތިއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ނުބައި ކަންތައްތައް އީޖާދު ކުރާ މީހުންނާއި، ނުބައި ކަންތައްތައް ރަނގަޅު ކަންކަމަށް ހަދައިގެން މީހުންނަށް ތައާރުފު ކޮށްދޭ މީހުންނަށް، އެމީހުންގެ ފާފަތަކުގެ އިތުރުން، އެމީހުންނަށް ތަބައުވީ ހުރިހާ އެންމެން ކުރާ ނުބައި އަމަލުތަކުގެ ފާފަތައް އުފުލަން ޖެހޭނެ ކަމަށެވެ.

ވުމާއެކު މުސްލިމުން ނަމޫނާއަކަށް ވާން ޖެހޭނީ ހެޔޮ ކަންކަމުގައި ކަމަށާ އަހަރެމެންގެ އާދަކާދަތަކާއި، ބުނާ ބަސްތަކާއި، ސުލޫކާއި، އަމަލު، އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ބައްޓަން ކުރަން ޖެހޭނެ ކަމަށްވެސް ޚުތުބާގައި ނަސޭހަތްތެރުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.