ރައީސް ޔާމީން ގެ މައްސަލައިގެ އަޑުއެހުމަށް އިދިކޮޅުު ފަރާތްތައް ސްޕްރީމްކޯޓް ސަރަހައްދުގައި: ފޮޓޯ/ ދެން
ހަބަރު
04 Aug 2023 | 15:27
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ 3:45 އަށް ފަސްކޮށްފި!

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުމުން، މައްސަލަ ބާއްވާ ގަޑި ފަސްކޮށްފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 3:00 އަށް ކަމަށް ސްޕްރީމް ކޯޓުން ބުނެފައި ވެއެވެ. 

އެހެންނަމަވެސް ޝަރީޢަތުގެ މަޖިލިސް ދެން ފެށޭނީ 15:45 ގައި ކަމަށާ، ޝަރީޢަތް ފެށުން ލަސްވެފައިވަނީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުން ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ. 

ކަރަންޓް ކެނޑުމާއި ގުޅިގެން 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސްޕްރީމްކޯޓް ހިމެނޭ ސަރަހައްދުގައި އެންމެ ފުރަތަަމަ ކަރަންޓް ދިޔައީ ސްބްސްޓޭޝަންއެއްގެ ސްވިޗެއްގައި މައްސަލަ ޖެހިގެން ކަމަށެވެ. އެކަން ހައްލުކޮށް ކަރަންޓް ދީފައި ވަނިކޮށް އަނެއްކާ ކަރަންޓް ދިޔައީ، އޯވާ ލޯޑް ވެގެން ކަމަށެވެ. 

މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އިދިކޮޅުު ލީޑަރޝިޕް ގެ ގިނަ ބޭފުޅުން ސްޕްރީމްކޯޓް ސަރަހައްދަށް އެއްވެފައި ވާއިރު،  ރައީސް ޔާމީންވެސް ވަނީ ސްޕްރީމް ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި އެ ސަރަހައްދުގައި މިވަގުތު ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ. 

އެފަހުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އީސީގެ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް އަންގާފަ އެވެ. 

އެ މައްސަލައާއި ގުޅިގެން އިއްޔެ ސުޕްރިމް ކޯޓަށް ޖަވާބު ފޮނުވާނެކަމަށް އީސީން ވަނީ ބުނެފައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މި މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ނިންމާފައިވާއިރު، އެމަނުކުފާނަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ކަމަށް ބުނެ ޕީޕީއެމުންވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައެވެ.

މިއަދުގެ އަޑުއެހުމަށްފަހު ދެން އޮންނާނީ މައްސަލައިގައި ގޮތް ނިންމުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.