މިއަދުގެ ޝަރީއަތަށް ރައީސް ޔާމީން ކޯޓަށް ހާޒިރުކުރުން-- ފޮޓޯ/ ދެން
ހަބަރު
04 Aug 2023 | 16:49
މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތް މިރޭވެސް ކުރިއަށް ގެންދަން ނިންމައިފި

މިވަގުތު ސްޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ، ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިރޭ ލަސްވަންދެން ކުރިއަށްގެންދަން އުއްތަމަ ފަނޑިޔާރު ނިންމަވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 3:00 އަށެވެ. ނަމަވެސް ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުން ޝަރީޢަތް ފަށާފައި ވަނީ މިއަދު 3:45 ގައެވެ. 

ޝަރީއަތް ފައްޓަވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަވަން ގަސްތު ކުރައްވަނީ މިރެއާ ހަމައަށް ކަމަށެވެ. އަދި މިރެއާ ހަމައަށް ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަަވެސް 6:00 ޖަހާއިރު ބްރޭކެއް ނެންގެވުމަށްފަހު 6:45 ގައި އަނެއްކާވެސް ޝަރީއަތް ފައްޓަވާނެ ކަމަށާ، އަދި 7:30 ގައި ބްރޭކެއް ނަންގަވާނެ ކަމަށާއި ބްރޭކަށް ފަހު ޝަރީއަތް ފައްޓަވާނީ 8:00 ޖަހާއިރު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ. 

އެފަހުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އީސީގެ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުމަށް އަންގާފަ އެވެ. 

އެ މައްސަލައާއި ގުޅިގެން އިއްޔެ ސުޕްރިމް ކޯޓަށް ޖަވާބު ފޮނުވާނެކަމަށް އީސީން ވަނީ ބުނެފައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މި މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ނިންމާފައިވާއިރު، އެމަނުކުފާނަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ކަމަށް ބުނެ ޕީޕީއެމުންވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.