އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ހަބަރު
05 Aug 2023 | 10:23
ރީ-ރަޖިސްޓަރވުމުގެ އެންމެ ފަހުގެ ފުރުސަތު މިއަދަށް ހަމަވާނެ!

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލި އެންމެ ފަހުގެ ފުރުސަތު މިއަދަށް ހަމަވާތީ ވީހާވެސް ގިނަ ބަޔަކު ރީ-ރެޖިސްޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ. 

ރަށްވެހިވެފައި ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރީރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 16:00 ގައި ހަމަވާއިރު، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފައެވެ.

އެހެންކަމުން މިވަގުތު ރީ-ރަޖިސްޓަރ ވުމަށް ހުޅުވާލެވިފައިވަނީ އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންއަށް ނުވަތަ އެ ކޮމިޝަންގެ ފޯކަލް ޕޮއިންޓްއަކަށް ހުށަހަޅައިގެން އެކަންޏެވެ. 

ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓަރީ ވާން ހުޅުވާލިޔަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށްނަން ހުށަހެޅުމުގެ ފުރުސަތު
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
12 Jul 2026
ކުޅުދުއްފުށި އޮޑިހަރުގެއަކާއި ގުދަނަކުން 80،000ރ މުދާ ވަގަށް ނަގައިފި، ދެ މީހަކު ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.
12 Jul 2026
ޣައްޒާ ”ބިމާ ހަމަކޮށްލަން“ ގޮވާލި އެމެރިކާގެ ސެނެޓަރު މަރުވެއްޖެ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަށް ފާޅުގައި ތާއީދުކޮށް، އެ ތަން ސުންނާފަތިކޮށްލުމަށް ގޮވާލި އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް، ”ކުއްލި ބައްޔަކަށް“ ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެއެވެ.
12 Jul 2026
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
12 Jul 2026
ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
12 Jul 2026
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
12 Jul 2026
ޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.