ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން
ދުނިޔެ
05 Aug 2023 | 14:04
ޢިމްރާން ޚާންއަށް ތިން އަހަރުގެ ޙުކުމެއް އިއްވައިފި

ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އަށް ތިން އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ޢިމްރާން އަށް އިއްވި މިޙުކުމަކީ ޤާނޫނުތަކާއި ޚިލާފަށް ދައުލަތުގެ ހަދިޔާ ވިއްކާފައިވާތީ އިއްވި ޙުކުމެއް ކަމަށް އެޤައުމުގެ މީޑިޔާތަކުން ބުނެއެވެ.

ޢުމުރުފުޅުން 70 އަހަރުގެ ޢިމްރާންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ 2018 އިން 2022 އަށް ދައުލަތުގެ އިސްމަޤާމެއްގައި ހުރެ ބާރާއި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، އޭރު ދައުލަތައް ލިބުނު ހަދިޔާތައް 140 މިލިއަން ޕާކިސްތާން ރުޕީސްއަށް ވިއްކާލިކަމުގެ ދައުވާއެވެ.

ޢިމްރާން ޚާންގެ މައްޗަށް 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ރޮއިޓާސް އަށް މަޢުލޫމާތު ދެމުން  ޢިމްރާންގެ ވަކީލު ވިދާޅުވެފައިވަނީ ޢިމްރާން ލާހޯރުގައި ހުންނަވަނިކޮށް މިހާރު ހައްޔަރު ކޮށްފައިވާކަމަށެވެ.

ޢިމްރާން ޚާން ބޮޑުވަޒީރުކަމުން ބޭރުކުރެވުނު ފަހުން އޭނާޔާއި ދެކޮޅަށް 150އެއްހާ މައްސަލަ އެކިފަހަރު މަތިން ކޯޓުތަކަށް ހުށައެޅިފައިވާއިރު، ކޮންމެ މައްސަލައަކާއި މެދުވެސް ޢިމްރާން ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަޤްސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ޤާނޫނީ ފަރާތްތަކުން ބުނެފައިވަނީ މި ޙުކުމްގެ ސަބަބުން މިއަހަރު ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޢިމްރާންއަށް ވާދަކުރެވުމަށް އޮތް ދޮރު ބަންދުވެފައިވާ ކަމަށެވެ.

ޢިމްރާންގެ ޕާޓީ ޕާކިސްތާން ތަހްރީކޭ އެއިންސާފުން މިހާރު ވަނީ މިމައްސަލަ އިސްތިއުނާފު ކުރުމަށް އެޤައުމުގެ ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް