ބްރިޖްގެ ޕައިލިންގ ގެ މަސައްކަތް ކުރުމަށް ގެނެވުނު އައު ޕްލެޓްފޯމް
ހަބަރު
05 Aug 2023 | 14:23
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި އިތުރު ޕްލެޓް ފޯމެއް ގެނެސްފި

މާލެ-ވިލިނގި-ގުޅީފަޅު ގުޅުވާލާ، ތިލަމާލެ ބްރިޖް ގެ މަސައްކަތް ކުރުމަށްޓަކައި "މަހަރާޖާ" ކިޔާ އިތުރު ޕްލެޓްފޯމެއް ގެނެސް މަސައްކަތް ފަށައިފިއެވެ. 

ބަރުދަނުގައި 650 ޓަނު ހުންނަ 350 ޓަނުގެ ބަރު އުފުލުގެ ގާބިލްކަން ލިބިފައިވަ މި ޕްލެޓްފޯމު ބޭނުންކޮށްގެން މާލެ އާއި ވިލިމާލެއާ ދެމެދު 24 ޕައިލެއްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ ކުރިންވެސް ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ރުމެއިލާ ނަމަކަށް ކިޔާ ޕްލެޓްފޯމެއް ގެނެސް ބްރިޖްގެ މަސައްކަތް ކުރިއަށް ގެންގޮއްސައެވެ. 

އަދި ހަމަ މީގެ އިތުރުން ބްރިޖު މަޝްރޫއުގައި މޫދުގެ ތިލަ ހިސާބުތަކުގެ ޕައިލިންގެ މަސައްކަތްކުރަނީ "މަހަރާނީ" ނަމަކަށް ކިޔާ ޕްލެޓްފޯމެކެވެ.

މި މަޝްރޫއުގެ ދަށުން މާލޭގައި އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގައި މަސައްކަތް ނިމި، ސުޕަސްޓްރަކްޗާގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިން ކުރިއަށް ގެންދަ މި މަޝްރޫއު ތަފާތު ސަބަބުތަކާހުރެ ލަސްވަމުންދާތީ އިދިކޮޅު ފަރާތްތައް އަންނަނީ މި ބްރިޖް މި ސަރުކާރަށް ނޭޅޭނެ ކަމުގައި ބުނެ ފާޑުކިޔަމުންނެވެ. 

ކޮމެންޓް
ބާގުބަހާރު
ތިދެން އުޑަށް އެރުނީ
06 Aug 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ