ސިނަމާލެ ބްރިޖްއަށް އުދައަރައިފައި
ހަބަރު
05 Aug 2023 | 18:40
މާލެއާއި ހުޅުމާލެއާއި ދެމެދު ޒަރޫރީ ދަތުރުތައް މެނުވީ ނުކުރޭ: ފުލުހުން

އުދައަރަމުންދާތީ ހުޅުމާލެ އާއި މާލެއާއި ދެމެދު ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް މެނުވީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ،  މާލެ އާއި ހުޅުމާލެ އާއި ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވާ ކަމަށެވެ.

އަދި ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މިއަދު ސިނަމާލެ ބްރިޖް ކައިރިއަށް ބޮޑު ރާޅެއް އަރައި އެސަރަހައްދުން ދަތުރުކުރަމުން ދިޔަ ގިނަ ބަޔަކު ވަނީ ރާޅާއި އެކު ވެއްޓިފައެވެ. މިހާދިސާގައި ގިނަ ބަޔަކު ސައިކަލާއި އެކު ބިންމައްޗަށް ވެއްޓި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވެއެވެ.

މީގެއިތުރުން މާލޭގައި އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާފައެވެ.  ރާޅުއެރުމުގެ ސަބަބުން އެމަގު އެއްކޮށް ވަނީ ފެންބޮޑުވެފައެވެ. ކާނިވަލް ސަރަހަށްދަށް ވެސް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އުދަ އަރާފާނެތީ ހުދު ސަމާލު ނެރެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ޣައްޒާ ”ބިމާ ހަމަކޮށްލަން“ ގޮވާލި އެމެރިކާގެ ސެނެޓަރު މަރުވެއްޖެ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަށް ފާޅުގައި ތާއީދުކޮށް، އެ ތަން ސުންނާފަތިކޮށްލުމަށް ގޮވާލި އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް، ”ކުއްލި ބައްޔަކަށް“ ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެއެވެ.
12 Jul 2026
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
12 Jul 2026
ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
12 Jul 2026
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
12 Jul 2026
ާޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.