ރައީސް ޞާލިހް ގެ ކެންޑިޑެސީ ފޯމު ހުށަހެޅުން--ފޮޓޯ/ ދެން
ހަބަރު
06 Aug 2023 | 09:57
ރައީސް ޞާލިހުގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި!

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ. 

ދަރުބާރުގޭގައި ހުންނަ އިންތިހާބީ މައި މަރުކަޒަށް މިއަދު ރައީސް ޞާލިޙުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަށް ފޯމު ހަވާލުކުރެއްވީ، ރައީސް ޞާލިހު ގެ ކެންޕޭން އޭޖެންޓް، ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު އެވެ. 

ރައީސް ޞާލިހު ގެ އިތުރުން އެމްއެންޕީގެ ރީޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް ވެސް މިއަދު ހުށަހަޅުއްވާނެއެވެ. ނާޒިމްގެ ރަނިން މޭޓަކަށް ކަނޑައަޅުއްވާފައިވަނީ ޑރ. އަހުމަދު އަދީލް ނަސީރު އެވެ.

ރައީސް ޞާލިޙުގެ ފޯމު ހުށަހަޅުއްވާފައިވާއިރު، އެމަނިކުފާނުގެ މި ދައުރުގެ ރަނިންމޭޓަކު ކަމުގައި ހަމަޖައްސަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.  

ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ މެންދުރުފަހު 2:00 އަށް ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ، ޑިމޮކްރެޓްސް ގެ ކެންޑިޑޭޓު އިލްޔާސް ލަބީބު އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރްއެމް ގެ ކެންޑިޑޭޓު ފާރިސް މައުމޫން ގެ އިތުރުން އަމިއްލަ ކެންޑިޑޭޓް އުމަރު ނަސީރުގެވެސް ރަނިންމޭޓް އަދި އިއުލާން ކުރައްވާފައި ނުވެއެވެ.

މިހާތަނަށް ރަނިންމޭޓަކު ކަނޑައަޅައި ފޯމު ހުށަހެޅުނީ ރައީސް ޞާލިހުގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް އަށެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ފޯމު އީސީން ބަލައިނުގަންނައިރު، އެ މައްސަލަ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ވައްދާފައެވެ. މައްސަލާގެ ހުކުމް އިއްވުން އޮތީ މިއަދު ހެނދުނު 10:00 ގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ބުނިގޮތުގައި މި ހަމަލާތައް ދިނީ އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.
12 Jul 2026
ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
12 Jul 2026
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
12 Jul 2026
ާޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.