ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ ވޮއިސް
06 Aug 2023 | 10:46
ރައީސް ޔާމީން ގެ ކެންޑިޑެސީ ބާތިލް ކަމަށް ސްޕްރީމް ކޯޓުން ވެސް ނިންމައިފި!

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ. 

ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ އޮގަސްޓު 1 ގަ އެވެ. ހަމަ އެދުވަހު އީސީން ވަނީ ރައީސް ޔާމިނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަބަބެއްކަމަށް އީސީން ބުނެފައިވަނީ އެމަނިކުފާނަކީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ. 

އެއާއެކު ރައީސް ޔާމީން ގެ ފަރާތުން ވަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.

އެ މައްސަލައިގެ އަޑު އެހުން ހުކުރު ދުވަހު ހަވީރު 3:45 ގައި ފެށިގެން 7 ގަޑިއިރު ވަންދެން ކުރިއަށް ގެންގޮސްފައި ވާއިރު، މައްސަލަ ހުށަހެޅި ފަރާތް، މައްސަލަ ރައްދުވާ ފަރާތުގެ އިތުރުން މައްސަލައިގައި ތަދައްހުލުވެފައިވާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ ދެއްވާފައެވެ.

މި ޝަރީއަތުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް، މަހްފޫޒް ސައީދު ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭކަން ކަނޑައަޅާފައިވަނީ ހަމައެކަނި ޤާނޫނުގެ 109 ވަނަ މާއްދާގެ (ޅ) އާއި ގުޅިގެން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ނިންމާފައިވަނީ އެމަނިކުފާނުގެ މައްޗަށް "ސާބިތު ދަރަންޏެއް" ވެސް އޮތުމުން ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލް، ހަމްޒާ ލަތީފް ވިދާޅުވީ، އިލެކްޝަނުން އެންމެ ފުރަތަމަ ފޮނުވި ލިޔުމުގައި "ސާބިތު ދަރަންޏެއް"ގެ ވާހަކަ ނެތް ކަމަށެވެ. އެހެންކަމުން އެކަން ހިނގާދިޔަ ގޮތް ކިޔާ ދިނުމަށް އީސީގެ ވަކީލުންނަށް ފުރުސަތު އެރުވުމުން މަހްފޫޒު ވިދާޅުވީ، އެންމެ ފުރަތަމަ ފޮނުވި ލިޔުމުގައި "ސާބިތު ދަރަނީ"ގެ ވާހަކަ ނެތް ކަމަށާއި އެކަން އެގޮތަށް ހިނގާދިޔައީ އިދާރީ އޮޅުމަކުން ކަމަށެވެ.

ނަމަވެސް ފަހުން އެކަން ޕާޓީއަށް އަންގާފައިވާ ކަމަށް މަހްފޫޒު ވިދާޅުވިއެވެ. ފަހުން ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލް، ހަމްޒާ ވަނީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ނުދައްކާތީ ވެސް ކެންޑިޑެސީ ބާތިލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ނުކުތާއަށް ޗެލެންޖު ކުރަން ޔާމީންގެ ވަކީލުން ޝަރީއަތުގައި އެދިވަޑައިގެންފައެވެ.

އަޑުއެހުންތައް ނިންމާލުމަށް ދިން ފުރުސަތުގައި އީސީގެ ވަކީލުންނާއި މައްސަލައިގައި ތަދައްހުލު ކުރުވި، އެޓާނީ ޖެނެރަލްގެ ވަކީލުން ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުން ދަމަހައްޓަން އެދިވަޑައިގެންފައެވެ.

މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާތީ، އާއި އެމަނިކުފާނުގެ ސާބިތު ދަރަންޏެއް އޮތުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ތާއީދު ކުރައްވައި ހުކުމް ކުރައްވާފައެވެ. 

ރައީސް ޔާމީންގެ ކެންޑިޑެސީ ބާތިލްކަމަށް ސްޕްރީމް ކޯޓުން ވެސް މި ނިންމި ނިންމުމާއެކު، ދެން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ގެ ރަނިންމޭޓަކީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ