ދިރާސީ އައު އަހަރަށް ޢަރަބިއްޔާ ސްކޫލްގެ ވަގުތީ ޢިމާރާތް ތައްޔާރު ކުރެވިފައި. ފޮޓޯ: ޢަރަބިއްޔާގެ މުދައްރިސެއް
ހަބަރު
06 Aug 2023 | 10:56
84,000 ދަރިވަރުންނާއި އެކި ދިރާސީ އައުއަހަރު ފަށައިފި

84،000 ދަރިވަރުންނާއި އެކު މިއަހަރުގެ ދިރާސީ އައުއަހަރު ފަށައިފިއެވެ.

ދޮޅުމަހެއްހާ ދުވަހުގެ ޗުއްޓީ އަށް ފަހު ސްކޫލްތައް ހުޅުވުނުއިރު ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،000 ކުދިންނެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ގްރޭޑް އެކަކަށް އަލަށް މިއަހަރު 7،000 އަށް ވުރެ ގިނަ ކުދިން ވަނީ ވަދެފައެވެ. އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.މިއަދު ފެށުނު ދިރާސީ އައު އަހަރުގައި ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދަކީ 216 އެވެ.

އޭގެ ތެރޭގައި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި ހެދި ސީއެޗްއެސްއީގެ އާ އިމާރާތް އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ސަލާހުއްދީން ސްކޫލް ހިމެނެ އެވެ.އެ ތިން ސްކޫލްގައި ވެސް ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. ދަރުމަވަންތަ ސްކޫލް ކުރިން ހިންގި ވަގުތީ އިމާރާތަށް ޢަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން މިއަދުން ފެށިގެން ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. ޢަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ.

ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ  ނިމިފައި ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ. އެއީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.

އެއްދަންފަޅި އަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން  ބުންޏެވެ. ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ތަނެއް ހިންގާނެ އެވެ. އެއީ ވ. ތިނަދޫ ސްކޫލާއި ވ. ރަކީދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލާއި ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ