ޑރ ޖަމީލް: ފޮޓޯ- ދެން އެމްވީ
ހަބަރު
06 Aug 2023 | 12:27
މިއަދު ފެނިގެން މިދިޔައީ އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނުގެ ހައްގު ހިފެހެއްޓުމުގެ ނަތީޖާ: ޑރ ޖަމީލް

ސުޕްރިމް ކޯޓުގެ ނިންމުން މުޅި ދިވެހިރާއްޖެވެސް އަހައިފިކަމަށާއި މިއަދު ފެނިގެން މިދިޔައީ އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނަށް ހައްގު ހޯދައި ނުދެވި ހިފެހެއްޓުމުގެ ނަތީޖާ ކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަނތް މައްސަލައިގައި ސުޕްރިމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ހުކުމް އިއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމިންގެ ހައްގު ނުހިފެހެއްޓުނު ނަމަ މިއަދު މި މައްސަލައިގައި ސުޕްރިމް ކޯޓާއި ހަމައަށް އަންނަންވެސް ނުޖެހުނީސް ކަމަށެވެ.

މީގެ އިތުރުންވެސް ޖަމީލް ވިދާޅުވީ، ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ދައުވާގައި ހެކިންގެ ގޮތުގައި ހެކި ބަސް ނަގަމުން އެދަނީ ދައުލަތުން ކާންދީ ބަލަހައްޓަމުން ގެންދާ ބައެއްގެ ކަމަށާއީ، މައްސަލައިގައި އަސާސްހުރި ހެއްކެއް ދައުލަތަކަށް ދެއްކިފައިނުވާ ކަމަށެވެ.

އަދި ހަމައެއާއެކު ޑރ ޖަމީލް ވިދާޅުވީ ސުޕްރިމް ކޯޓުގެ ހުކުމުގައި ގާނޫނު އަސާސީއަށް ރިއާޔަތް ކުރުމޭ ބުނެވޭ ބުނުމަށް އެ ބޭފުޅާވެސް އިހްތިރާމް ކުރައްވާ ކަމަށާއި އެހެންނަމަވެސް ރައީސް ކެންޑިޑެސީ މައްސަލަައިގައި ސުޕްރިމް ކޯޓުން ގާނޫނު އަސާސީ ތަރުޖަމާކޮށްފައިވަނީ މުޅިން ނުބައިކޮށްކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަނތް ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިންމުމާއިއެކު ރައީސް ޔާމިނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އޮތް ހަނި ފުރުސަތުވެސް އެއްކޮށް ބަންދުވީއެވެ. 

މިއާއެކު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށްޓަަކަކައި އިދިކޮޅު ކޯލިޝަންއިން ނަގާނެ ފިޔަވަޅަކަށެވެ. 

ކޮމެންޓް
އަދުރޭ ޓިނު
އަދިވެސް އަގައިން ނާރާތި! ވާހަކަ ދައްކަނީ ތިޔަ އިސްތިއުނާފު ކުރަންވެސް ދެމަސް ނެގި! ވީމާ މި ކަނޑައެޅިގެން ދިން ލަނޑެއް! ތިޔަ އިސްތިއުނާފުވެސް ރަގަޅަކަށް ނުދާނެކަން ޔަގީން!
06 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.