ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް
ހަބަރު
06 Aug 2023 | 12:36
ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް: ހައިލަމް

ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދް ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލައިގައި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަރިނުލެވޭނެ ކަމަށް މިއަދު ސްޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން ކުރެއްވެވި ޓްވީޓެއްގައެވެ.

"ސާބިތު ދަރަނި ތިޔަ މާނަ ކުރެއްވީ ގޯސްކޮށް، ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް، ޖޫރިމަނާއަކީ އަދަބެއް އެއީ ސާބިތު ދަރަންޏެއް ނޫން" 

ހައިލަމް ވިދާޅުވެފައިވެއެވެ.

އަސާސީ ޙައްޤެއް ޤާނޫނުހަދާމަޖިލީހުން ޤަޞްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްޞުން ޞަރީޙަގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަކުރަންވާނީ އެޙައްޤެއް ގެއްލިގެން ދަޢުވާކުރާފަރާތުގެ މަޞްލަޙަތުގައި ކަމަށް ކުރީގެ ގާޒީ ހައިލަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އޮގަސްޓު 1ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުން، އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގަނެވެން ނެތް ކަމަށް އީސީ އިންވަނީ އަންގައިފައެވެ. ކެންޑިޑެސީ ބަލައިނުގަންނަ ސަބަބެއް ކަމަށް އީސީ އިން ބުނެފައިވަނީ ރައީސް ޔާމީނަކީ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވުމެވެ.

އީސީ އިން އެގޮތައް އެންގުމާއިއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ.

މިމައްސަލައިގެ އަޑުއެހުން ހުކުރުދުވަހުގެ 3:45ކުން ފެށިގެން އެރޭގެ ވަރަށް ދަން ވަންދެން ވަނީ ކުރިއަށްގެންގޮސްފައެވެ. ރައީސް ޔާމީންގެ ފަރާތުން ހުށައެޅުނު މި މައްސަލައަށް ޕީޕީއެމް އާއި ބަންޑާރަނައިބުގެ އޮފީހުން ވަނީ ތަދައްޚުލް ވެފައެވެ. މިމައްސަލަ ރައްދުވާ ފަރާތްތަކުގެ އިތުރުން މައްސަލައަށް ތަދައްޚުލްވި ފަރާތްތަކަށްވެސް މައްސަލައިގައި ވާހަކަދެއްކުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ފުރުސަތު ދީފައެވެ.

މިއަދު ހެނދުނު 10:00 މިމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. 

ކޮމެންޓް
ޤާނޫނު
ތީ ބޯގޯސް ދޮރެއް
06 Aug 2023
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ