ނައިޖީރިއާ އަދި ނައިޖާ ގުޅޭ ބޯޑަރު
ހަބަރު
06 Aug 2023 | 15:19
ނައިޖީރިއާއިން ނައިޖާ ހިފުމަށް ތައްޔާރުވަނީ

ހުޅަނގު އެފްރިކާގެ މަސްރަޙު ގޯސްވެ ނައިޖީރިއާއިން ނައިޖާ ހިފުމަށް ތައްޔާރުވެއްޖެއެވެ.

ނައިޖާގެ އެތެރޭގެ މަސްލަޙަތު ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. ނައިޖާގެ އެތެރޭގެ މަސްލަޙަތު މާބޮޑަށް ގޯސްވެގެން ގޮސްފައިމިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެޤައުމުގެ ސަރުކާރާއި އިދިކޮޅި ބަޔަކު ބަޣާވާތެއް ކޮށް އެޤައުމުގެ ވެރިއަކަށް ހުންނެވި މުޙައްމަދު ބަޒޫމް ވެރިކަމުން ބެލުމާއި ގުޅިގެނެވެ.

ބަޒޫމް ވެރިކަމުން ބޭލުމަށްފަހު މިހާރު އެޤައުމުގެ ވެރިއަކަށް ހުންނެވީ އެޤައުމުގެ މިލިޓަރީ ލީޑަރ ޢަބްދުއްރަޙްމާން ޝައުނީއެވެ. ޝައުނީ ވެރިކަމާއި ހަވާލުވުމަށްފަހު އޭނާ ވަނީ ފްރާންސްގެ ސަރުކާރާއި އެކު އެޤައުމުގެ ސަރުކާރުން ހަދައިފައިވާ އެއްބަސްވުންތައް އުވައިލައިފައެވެ. ނަމަވެސް ފްރާންސުން ބުނެފައިވަނީ އެއެއްބަސްވުންތައް އުވައިނުލާނެ ކަމަށެވެ.

ޖޯގްރަފީގޮތުން ނައިޖާ އުފެދިފައި އޮންނަގޮތުން އެޤައުމަކީ ގިނަ ޤައުމުތަކެއްގެ މެދުގައި އޮންނަ ޤައުމެއްކަމުން ސީދާ އެޤައުމަށް އެރުމަށް ފްރާންސަށް ވަނީ ނުކިޅެދިފައެވެ.

ނައިޖާއާއި އެއްބޯޑަރު ހިއްސާ ކުރާ  މާލީ އަދި ބުރްކިނާ ފާސޯ އާއި ފްރާންސާއާއި ދެމެދު އޮތް ހަމަނުޖެހުމުގެ ސަބަބުން އެ ބޯޑަރުގެ ބޭނުން ކޮށްގެން ނައިޖާއަށް އެރުމުގެ ފުރުސަތެއް ނެތެވެ. އަދި އެދެޤައުމުން ބުނެފައިވަނީ ނައިޖާއަށް ހަމަލާދޭނަމަ ދިފާޢުގައި ތެދުވާނެ ކަމަށްވަނީ ބުނެފައެވެ.

އެހެންކަމުން ނައިޖާއަށް ބާރުފޯރުވުމަށް ފަހިވެފައި އޮތް މަގަކީ ނައިޖީރިއާ މެދުވެރިކޮށް އެކަން ކުރުމެވެ. ނައިޖީރިއާއިން މިހާރު ދަނީ ނައިޖާއަށް އެރުމުގެ ތައްޔާރީތައް ވަމުންނެވެ.

"ދަ އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް" މެދުވެރިކޮށް ނައިޖީރިއާގެ ބޯޑަރު ހުރަސްކޮށް ނައިޖާއަށް އަރާނެ  ގޮތަކާއި އަރާނެ ވަގުތަކާއި މެދު މިހާރު ވަނީ މަޝްވަރާ ކޮށްފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ނައިޖީރިއާގެ ރައީސް ބޯލާ ޓިނުބޫ ވަނީ ނައިޖާގެ ކުރީގެ ވެރިކަން އަނބުރާ ގެނައުމަށް މުހުލަތެއް ދީފައެވެ. އެމުއްދަތުގެ ތެރޭގައި ވެރިކަން އަލުން އިއާދަ ނުކޮށްފިނަމަ ނައިޖީރިއާއިން ނައިޖާއަށް އެރުމަށް ތައްޔާރަށް އޮތުމަށް އެޤައުމުގެ މިލިޓަރީއަށް ވަނީ އަންގައިފައިކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

ނައިޖާއާއި އެއްކޮޅަށް ތިބި މާލީ އަދި ބުރިކްނާ ފާސޯ އިން ބުނެފައިވަނީ ނައިޖީރިއާއި އިން ނައިޖާއަށް ހަމަލާދީފިނަމަ އެޤައުމުތަކުން ނައިޖީރިއާއަށް ހަމަލާދޭނެކަމަށެވެ. އަދި ފްރާންސުން ދަނީ އެޤަމުތަކުގެ ބިން ނަހަމަގޮތުގައި ހިފައި ނިރުބަވެރިންނަށް ވާގިވެރިވަމުން ކަމަށެވެ.

އަދި ހަރުކަށި ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރާކަމަށްބުނެ ފްރާންސުން ދަނީ އެޤައުމުތަކުގެ ބިމަށް ފައިގަދަ ކުރަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ފްރާންސަށް ނައިޖާގެ ބިން އެހާ މުހިންމު ވެގެން އުޅެނީ ނައިޖާ އިން ލިބޭ ޔުރޭނިއަމް ގެ ދަހިވެތި ކަމުގައި ކަމަށް އެސަރަހައްދުގެ މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް