ފާރިސް މައުމޫންގެ ކެންޑިޑެސީ ފޯމު ހުށައެޅުން. ފޮޓޯ: ދެން
ހަބަރު
07 Aug 2023 | 13:34
މިނިވަން ކެންޑިޑޭޓް ފާރިސް ގެ ކެންޑިޑެސީ ފޯމު ހުށައަޅުއްވައިފި

ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވާނެކަން އިޢުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ ކެންޑިޑެސީ ފޯމު ހުށައަޅައިފިއެވެ.

ފާރިސް މައުމޫންގެ ރަނިންގމޭޓަކަށް ހަމަޖައްސަވައިފައިވަނީ ޑރ ޢަބްދުއްސައްތާރު ޔޫސުފެވެ.

ފުރަތަމަ ޤަބޫލުކުރެވުނީ ފާރިސް ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ އެމަނިކުފާނު ހިންގަވާ ޕާޓީ އެމްއާރްއެމުން ކަމަށެވެ. ނަމަވެސް އެމްއާރްއެމްގެ މެމްބަރުން ހަމަނުވާ ކަމަށްބުނެ އީސީ އިން ވަނީ އެޕާޓީ އުވައިލައިފައެވެ. އަދި މިހާރު އެމައްސަލަ އޮތީ ކޯޓުގައެވެ.

ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތާއީދު ކުރެއްވުމަށް ރައީސް މައުމޫނާއި އަނބކަނބަލުން ނަސްރީނާ ވަނީ ސޮއިކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ މުއްދަތު މިއަދަށް ހަމަވާއިރު މިހާތަނަށް އީސީ އަށް 6 ބޭފުޅަކު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނަންހުށައަޅުއްވައިފައިވެއެވެ.

އެގޮތުން ޕީޕީއެމުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ ނަން އޮގަސްޓު 1 ވަނަ ދުވަހު ހުށައެޅުމުން  އީސީ އިން ވަނީ ރައީސް ޔާމިންގެ ނަންފުޅު ބަލައިނުގަތުމަށް  ނިންމައިފައެވެ.

ރައީސް ޔާމިންގެ އިތުރުން އެމްޑީޕީ ކޯލިޝަނުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އެމްއެންޕީ އިން މުޙައްމަދު ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބް، ޕީއެންސީ އިން ޑރ މުޙައްމަދު މުޢިއްޒު އަދި މިނިވަން ކެންޑިޑޭޓް ފާރިސް މައުމޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ