ޤާސިމްގެ ކެންޑިޑެސީ ފޯމު ހުށައަޅަނީ. ފޮޓޯ: ޖޭޕީ
ހަބަރު
07 Aug 2023 | 12:06
ޤާސިމްގެ ކެންޑިޑެސީ ފޯމް ހުށައަޅުއްވައިފި

ސެޕްޓެމްބަރ 9ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ޤާސިމް އާއި އެކު އެމަނިކުފާނުގެ ރަނިންގމޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ޑރ އަމީން އިބްރާހިމެވެ.

ޑރ އަމީންއަކީ ރައީސް ޢަބްދުﷲ ޔާމިންގެ ދައުރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވެވި ބޭފުޅެކެވެ. މީގެ އިތުރުން އަމީން އަކީ ޖޭޕީ އާއި ޤާސިމްގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

ޤާސިމްގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް ޤާސިމްގެ އަރިހުގައި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާވެސް ބައިވެރިވެވަޑައިގަތެވެ.

 އަދި ދާދިފަހުން އެޕާޓީއާއި ގުޅިވަޑައިގެންނެވި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މަޙްމޫދް ޝައުޤީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 7 ކެންޑިޑޭޓަކު ވާދަކުރައްވާއިރު އޭގެ ތެރެއިން ކޯލިޝަނަކުން ވާދަކުރައްވަނީ ރައީށް އިބްރާހިމް މުޙައްމަދު ޞާލިޙާ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޑރ މުޙައްމަދު މުޢިއްޒުއެވެ.

މިނިވަން ކެންޑީޑޭޓުންގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް ވެސް ހިމެނެއެވެ.

ދެން އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފައިވަނީ އެމްއެންޕީ އިން މުޙައްމަދު ނާޒިމް، ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބް އަދި ޖޭޕީ އިން ޤާސިމް އިބްރާހިމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ފާއިތުވި 30 މަސްދުވަހު ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
12 Jul 2026
ާޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.