ރައީސް ޞާލިޙް ދ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
07 Aug 2023 | 22:18
އޭރުނުވާނޭ ބުނި ކަންތައްތައް މިދަނީ ކޮށް ނިންމަމުން: ރައީސް ޞާލިޙް

އިދިކޮޅު ފަރާތްތަކުން ނުވާނެއޭ ބުނި ކަންތައްތައް ދަނީ ކޮށް ނިމެމުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިއަދު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"2018 ގައިވެސް އަޅުގަނޑުމެން ވެރިކަމަށް އައީ ސިޔާސަތު ތަކަކާއި އެކު، އޭރު ބުނަމުންގެންދިޔައީ ތިކަމެއް ނުވާނެއޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިމަމްވޭޖް ކަނޑައަޅާ ވާހަކައާއި ސިވިލް ސަރވެންޓުންގެ މުސާރަ ބޮޑު ކުރާ ވާހަކައާއި ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި އަޅައިދޭ ވާހަކައާއި، ދަތުރުފަތުރު އަވަސްކޮށް ސްޕީޑް ބޯޓުން ގުޅައިދޭ ވާހަކަ ދެކެވުމުން ނުވާނޭ ކަމަށް ބުނި ކަމަށެވެ.

ނަމަވެސް މިކަންކަން މިހާރު އަންނަނީ ކުރެވި ނިމެމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑްގެ ޢާލަމީ ވަބާ ކުރިމަތިވުމުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ބުނިކަމަށާއި، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މަރުވެގެން ދާނެ ކަމަށް ބުނި ކަމަށެވެ.

ޓޫރިޒަމް މުޅިން ހަލާކުވެ، ރިސޯޓުތައް އަލުން ނުހުޅުވޭނެ ކަމަށް ބުނި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޯޑަރު ނުހުޅުވައި ރިސޯޓުތައް މަސްކައްކާ ބަދިގެ ތަކަށް ބަދަލުކޮށް ދަނޑު ހެއްދުމަށް ބުނި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެހެން ބުނި ނަމަވެސް ކޮވިޑްވެސް ކޮންޓްރޯލް ކުރެވި، ބޯޑަރު ހުޅުވައި ފަތުރުވެރިންވެސް އަންނަން ފަށައިފިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ތަރައްޤީއަށްޓަކައި މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރައްވަން އޮތް އެންމެ ރަނގަޅު ކަމަކީ އެމަނިކުފަނާއި ގުޅިވަޑައިގެން އެމަނިކުފާނަށް ވޯޓު ދެއްވުން ކަމަށެވެ.

ދ އަތޮޅަށް ރައީސް ޞާލިޙް ކުރައްވަމުން މިގެންދަވަ ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ނިމިފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް ވަނީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.