ޗެސްޓަރ ވިމެންސް ފްޓްސަލް ޓޯރނަމަންޓް ގެ ޗެމްޕިއަން ޓިމް އޮބިއަންސް
ކުޅިވަރު
08 Aug 2023 | 13:24
ޗެސްޓާރ ވިމެންސް ފުޓްސެލް ޓޯރނަމަންޓް 2023 ގެ ޗެމްޕިއަންކަން އޮބިއަންސްއަށް

ނ. މަނަދޫ ޗެސްޓާރ ސްޕޯރޓްސްއިން ކުރިޔަށް ގެންދިޔަ ޗެސްޓާ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް ގެ ޗެމްޕިއަންކަން އޮބިއަންސްއިން ހޯދައިފިއެވެ.

މިއީ ވިދިވިދި ގެން އޮބިއަންސްއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

 ނ.މިލަދޫ އަށް ނިސްބަތްވާ އޮބިއަންސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަނަދޫގެ ވައިނޮޓް ގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޮބިއަންސްގެ ފާތިމަތު  ސާލިޔާއެވެ.

ޖުމްލަ ނުވަ ޓީމާއެކު ކުރިޔަށް ދިޔަ މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ މަނަދޫގެ އެލްއެލް ކުއީންސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޮބިއަންސްގެ ހަސީނާ އާދަމް ، އާމިނަތު ރަނީން ، އާމިނަތު ޝާމިލާ މީގެ އިތުރުން މިމުބާރާތުގައި ކުޅުނު އެފްސީ ސިކާޑާގެ ފާތިމަތު މިއުސާ އަދި ވައިނޮޓްގެ ފަރަހް އަހުމަދެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ފަޚުރުވެރި މަޤާމު ( މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ) މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް 2023 ހޯދީ އޮބިއަންސްގެ ޖާރޒީ ނަމްބަރ 6 ފާތިމަތު  ސާލިޔާއެވެ.

މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް ޓޯރނަމަންޓް 2023 އޮބިއަންސްގެ ޖާރޒީ ނަމްބަރ 6 ފާތިމަތު ސާލިޔާ

ބެސްޓް ކޯޗްގެ މަޤާމް ވައިނޮޓްގެ ކޯޗް އިބްރާހިމް ޢަބްދުލް ޤަފޫރް ހޯދިއިރު ބެސްޓް އަންޑަރ 20 ޕްލޭޔަރ އޮފްދަ ޓޯނަމެންޓްގެ މަޤާމު ހޯދީ އޮބިއަންސްގެ މަރިޔަމް ލަމީސްއެވެ.

މީ ޗެސްޓާރ އިން މި މުބާރާތް ކުރިޔަށް ގެންދިޔަ ފަސްވަނަ ފަހަރެވެ. ޗެސްޓާރ ސްޕޯޓްސް އަކީ ނޫނު އަތޮޅުގައިވެސް ފާހަގަ ކޮށްލެވޭ ހަރަކާތްތެރި  ޖަމިއްޔާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.