މަޑަވެލި އިހްތިޖާޖު ގެ ތެރެއިން--
ހަބަރު
08 Aug 2023 | 14:25
ރައީސް ޞާލިހާއި ދެކޮޅަށް މަޑަވެލީގައި އަޑުއުފުލި ބަޔަކު ގަދަބާރުން ހައްޔަރު ކޮށްފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެންޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެންނެވުމުން އެ ރަށުގައި އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ބަޔަކު ގަދަބާރުން، އަނިޔާވެރި ކަމާއިއެކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ. 

ރައީސް ޞާލިހުއާއި ދެކޮޅަށް މަޑަވެލީގައި އަޑުއުފުލި މީހުން ވަނީ އެމަނިކުފާނަށް ނިސްބަތްކޮށް "ޗޯރޭ" އާއި "ޗޯރު އިބުރޭ" ގެ ނަމުން މުޚާތަބުކޮށް ގޮވާފައެވެ. އަދި އެމީހުންވަނީ އެމަނިކުފާނުގެ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައެވެ. 

އެ މަންޒަރުތައް ފޭސްބުކު މެދުވެރިކޮށް ލައިވް ކުރަމުންދިޔަ ކުރީގެ ގދ.އަތޮޅު ކައުންސިލްގެ ރައީސް ސާހިރު ހަސަން ވަނީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ހައްޔަރުކޮށްފައެވެ. 

ސާހިރުގެ އިތުރުން، މަޑަވެލި އިހްތިޖާޖު ގެ ތެރެއިން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝިރާއު ޒާހިރު ހިމެނޭހެން ޖުމުލަ 4 މީހުން ހިމެނެއެވެ. 

އިހްތިޖާޖުގެ ވީޑިއޯ ތަކުން ފެންނަ ގޮތުން، ބަންދު ކޮށްފައި އޮތް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. 

ރައީސް ޞާލިހް މިއަދު މަޑަވެއްޔަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮއްވާ، އެމަނިކުފާނުގެ ކެންޕެއިން ބައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތް ތަނަށްވެސް ކަޅުތެޔޮ ޖަހައި ބަޔަކު ވަނީ އެތަން ރޯކޮށްލާފައެވެ. އެހެންކަމުން، އެ ޖަލްސާ ބާއްވަން ޖެހުނީ މަޑަވެލީ ގޮނޑުދޮށުގައެވެ. 

ކޮމެންޓް
ނަސީމު
ޤާނޫނާއި ޤަވައިދާ ޚިލާފަށް ރައްޔިތުންނަށް ފުލުހުން އަނިޔާ ކުރާ މައްސަލަ މިހާރު މުޖުތަމަޢުގައި ވަރަށް ގިނަ ވެއްޖެ އެއީ އެބައިމީހުންނަށް ލިބިފައިވާ ބާރެއްނޫން! މިމީހުން ވެސް ހަމަ ބިމަށް އެބަ ތިރިކުރަންޖެހޭ!
08 Aug 2023
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.