ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު--ފޮޓޯ/ ދައުރު
ހަބަރު
08 Aug 2023 | 16:14
ރައީސް ޔާމީނަށް ފޯން ކޯލް ކުރުމަށް ދީފައި އޮތް ލުއިތަކެއް މިހާރު ނެތް: ޑރ. ޖަމީލް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް، ފޯން ކޯލްތައް ކުރުމަށް މީގެ ކުރިން ދީފައިއޮތް ލުއިތައް މިހާރު ނިމުމަކަށް ގެނެސް، އެތައް ގޮތަކުން އެމަނިކުފާނަށް އަނިޔާ ކުރަމުންދާ ކަމަށް، ކުރީގެ ނާއިބު ރައީސް، އަދި ޔާމިންގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މައްސަލަ ކުރިއަށް ނުދާތީ އިދިކޮޅު ލީޑަރޝިޕުން މިއަދުވެސް ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. 

އެއަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން، ޔާމީނުގެ އިސް ގާނޫނީ ވަކީލު، ޑރ. ޖަމީލް ވިދާޅުވީ، ހައިކޯޓުގެ މައްސަލަ ލަސް ވުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. 

"ދިވެހި ރައްޔިތުންގެ ގާތްގަނޑަކަށް އެއްލައްކަ ތިރީހަކަށް ހާސް މީހުންގެ ސަޕޯޓާއި އެކީގައި ކެންޑިޑެސީ ހުށަހަޅާފައިވާ، ރައީސް ޔާމީން ގެ އިންތިހާބީ ހައްގު ގެއްލިގެން މި ދިޔައީ. އެއީ އިއާދަ ކުރެވޭނެ ގެއްލުމެއް ނޫން. އަޅުގަނޑުމެންގެ މުޅި ޕާޓީ އެ އިހްތިޖާޖު ގައި މި އޮތީ، އެއީ އަޅުގަނޑުމެންގެ ދޫކޮށްލާނެ އިހްތިޖާޖު އެއްނޫން. އަޅުގަނޑުމެން ގަބޫލު ކުރަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބައިވެރި ނުވާ އިންތިހާބަކީ އިންކްލޫސިވް އިންތިހާބެއް ނޫން. އަދި ފެއަރ އިންތިހާބެއް ނޫން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ"

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

މިއާއެކު ޖަމީލް ވިދާޅުވީ ހައިކޯޓަށް ވަޑައިގެންނެވީ، ހައިކޯޓުގެ މައްސަލަ ލަސްވުމާއި ގުޅިގެން އެމަނިކުފާނަށް ލިބެމުންދާ ގެއްލުމާއި ޢާއިލާ ތަހައްމަލް ކުރަމުންދާ ވޭނުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށް ނިމުމެއް އަންނާނީ ހައިކޯޓުގައި އޮތް އަޑުއެހުން ނިންމައިގެން ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. 

"މިހާރު ޖަލުގައި ހުންނަވައިގެން ކުރައްވާ ހިތްދަތި ކަމުގެ ތެރެއަށް، އިތުރަށް، ސްޕްރީމް ކޯޓުގެ (ކެންޑިޑެސީ) މައްސަލަ އާއި ގުޅިގެން އެމަނިކުފާނަށް އިތުރު ދަތިތަކެއް ޖަލުން ކުރިމަތި ކުރެއްވި ޚަބަރު އެމަނިކުފާނު ވަނީ އިއްޔެ އަޅުގަނޑަށް ވިދާޅުވެފަ. އޭގެ ތެރޭގައި ފޯން ކޯލު ލިބުމާއި، ފޯން ކޯލު ކުރުމަށް ކުރީގައި އޮތް ލުއިތައް މިހާރު ހަގީގަތުގައި ވަނީ ނިމުމަކަށް އައިސްފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ."

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ މަންމާފުޅުވެސް ނިޔާވެފައި ވާ ކަމަށާ، ހައިކޯޓުގައި އޮތް ޝަރީއަތް, ނިންމަން ޖެހޭ ސްޕީޑުގައި ނިންމުނު ނަމަ, އެމަނިކުފާނު މިނިވަންވެ މަންމާފުޅާއިވެސް ބައްދަލުކުރެވުނީސް ކަމަށެވެ. 

މީގެ އިތުރުން، ޖަމީލް ވަނީ ހައިކޯޓުގައި އޮތް މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައި ވާކަމަށް އެ ކޯޓުން ބުނެފައިވާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ނަން
ކެތްތެރިވެލައްވާ! އިންޝާﷲ، ކައިރި މުސްތަޤްބަލެއްގައި ޢަދްލު އިންސާފް ލިބިގެން ދާނެ.
08 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް