ރައީސް ޔާމީން ސުޕްރިމް ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: ދެން
ހަބަރު
09 Aug 2023 | 09:05
ކެނޑިނޭޅި އަނިޔާދެމުން ދާއިރު ރައީސް ޔާމީން އެ އިސްކުރެއްވީ ޤައުމު: އިދިކޮޅު ލީޑަރުން

ސަރުކާރުން ކެނޑިނޭޅި އަނިޔާދެމުން ދާއިރު ވެސް ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އިސްކުރެއްވީ ޤައުމާއި ރައްޔިތުންކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވެއްޖެ އެވެ. 

އެ ބޭފުޅުން މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއި އެކުގައިކަމަށާއި، އަދި އެމަނިކުފާނަށް އިދިކޮޅު ހުރިހާ ލީޑަރުންގެ ސަޕޯޓު އޮތްކަން ހާމަކުރުމަށް ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަގާލާ ސަރުކާރުން ދަނީ ކެނޑިނޭޅި ރައީސް ޔާމިނަށް އަނިޔާވެރިވަމުން ކަމަށެވެ. 

އެހެން ނަމަވެސް މި ހައްސާސް ދަނޑިވަޅުގައި ވެސް ރައީސް ޔާމީން އިސްކުރެއްވީ ޤައުމާއި ރައްޔިތުންގެ މަސްލަހަތުކަމަށާއި، އެމަނިކުފާނަށް ލިބެމުންދާ އަނިޔާތަކަށް ބެއްލެވުމެއް ނެތި، ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވާދަކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ހައްޤުގައި ނިންމެވި ނިންމުމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އޭނާ ވަނީ ރައީސް ޔާމިނަށް އިދިކޮޅު ލީޑަރުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

"ރައީސް ޔާމިނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން ބޭނުން. އެއީ، މި ސަރުކާރުގެ އެ ނުރައްކާތެރި އަނިޔާގައި އެމަނިކުފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާއިރުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ ބޮޑަށް ޤައުމާއި ރައްޔިތުންނަށް އިސްކަން ދެއްވާ މި އިންތިޚާބުގައި އަޅުގަނޑުމެން ވާދަކުރުމަށް ފުރުސަތު ދެއްވި ދެއްވުން އެއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އެމަނިކުފާނަށް ޝުކުރުދެންނެވުން ހައްޤު ކަމެކޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ލީޑަޝިޕު އޮތީ ބަދަހިކޮށް ކަމަށެވެ. އެބޭފުޅުން ކުރިއަށް ވަޑައިގަންނަވާނީ ރައީސް ޔާމީނުގެ އިރުޝާދުފުޅާއި އެކުގައި ކަމަށާއި، އެބޭފުޅުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފެށި މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް އަނބުރާ އެބޭފުޅުންގެ ސަފަށް ގެންނެވުމަށް ފަހުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ ރައީސް ޔާމިނުގެ ހައްޤުގައި އެމަނިކުފާނު އެންޑޯސްކުރެއްވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ މުއިއްޒު އިންތިޚާބު ކުރުމަށް މިހާރުން މިހާރަށް ސަޕޯޓަރުން މަސައްކަތް ފައްޓެވުމަށް ވެސް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.