ވޯލްޑް ބޭންކުގެ މައި މަރުކަޒު.
ހަބަރު
09 Aug 2023 | 11:51
ޔޫގަންޑާއިން އެއްޖިންސުން ގުޅުންހިންގުން މަނާކުރުމުން ވޯލްޑްބޭންކުން ލޯނު ނުދޭން ނިންމައިފި

އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ޔޫގަންޑާގައި އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސު ބަދަލު ކުރުމާއި އެއްޖިންސުން ކައިވެނިކުރުން ފަދަ ކަންކަން މަނާކުރުމަށް ބިލެއް އެކުލަވަލައި ފާސްކުރުމުން ވޯލްޑް ބޭންކުން އެޤައުމަށް މާލީ ލޯނު ދޫކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

އެމެރިކާގެ ވޮޝިންޓަން ގައި މައި މަރުކަޒު ހުންނަ ވޯލްޑް ބޭންކުން ނެރެފައިވާ ބަޔަނެއްގައި ބުނެފައިވަނީ ޔޫގަންޑާއިން އަލަށް ފާސްކުރި ޤާނޫނާއި ގުޅިގެން އެޤައުމުގައި އުޅޭ އެއްޖިންސުން ގުޅުން ހިންގުމުގެ މި ފާހިޝް ޢަމަލު ހިންގާ މީހުން ބާކީ ވާމިންވަރު ބަލާނެ ކަމަށެވެ. 

ވޯލްޑް ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޔޫގަންޑާއިން އެކުލަވައިލައިފައިވާ އެއްޖިންސުން ގުޅުންހިންގުމާއި ދެކޮޅު ޤާނޫނާކީ އެބޭންކުގެ އުސޫލު ތަކާއި ޚިލާފު ކަމެއް ކަމަށެވެ.

"މިބޭންކުން ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ވާ ފަގީރުކަން ނައްތައިލުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ، ޖިންސީ ތަފާތުކުރުން ތަކާއި، ނަސްލީ ތަފާތުކުރުންތަކާއި އަދި ޖިންސީ ގުޅުން ހިންގާ ގޮތުގެ ސަބަބުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައިގެން ކަމަށް، އެންމެން ޝާމިލްކުރުމާއި ތަފާތުނުކުރުމަކީ މިބޭންކުގެ އެންމެ މަތީ އެއްއަސާސް" ވޯލްޑް ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކަމަށްބުނެ މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ތަކުން ވަނީ ޔޫގަންޑާގައި ފާސްކުރެވުނު މިބިލާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ޔޫގަންޑާއި އިން އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ފާސްކޮށްފައިވާ މިޤާނޫނުގައި ވަނީ އެ ފާހިޝް ޢަމަލު ހިންގާ ފަރާތްތަކުގެ ތެރެއިން އެ ޢަމަލުން އެހެން މީހަކަށް އެޗްއައިވީ ޖެހިއްޖެނަމަ އެޢަމަލު ހިންގި މީހުންނަށް މަރުގެ އަދަބު ދިނުމާއި، އެ ޢަމަލަށް ހިތްވަރުދޭ މީހުންނަށް 20 އަހަރުގެ ޖަލު ޙުކުމް އިއްވުން ހިމަނާފައިވެއެވެ.

މި ބިލް ފާސްކުރުމާއި ގުޅިގެން ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވެނީ ހިމެނޭހެން އެޤައުމުގެ އިސްވެރިންނަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރުމުން ހުޅަނގުން މިފަދަ ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާއިރު, އެއީ އެކަމުގެ ސަބަބުން ނުރައްކާތެރި އެތައް ކަމެއް ކުރިމަރިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ނުރައްކާތެރި އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ އެޗްއައިވީ ފަސޭހަ ކަމާއި އެކު ފެތުރުމާއި، ޖިންސީ ގުޅުމުން އަރާ ތަފާތު އެހެން ބަލިތައް ޖެހުން އާންމުވެއެވެ. 

މީގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަން ތަކަށް ޖެހޭ ކެންސަރު ޖެހުމާއި، އެ ނޫންވެސް ގޮތް ނޭނގޭ ބަލިތައް އޭގެ ސަބަބުން ޖެހޭ ކަމެއް ކަމަށް ސިއްޚީ މާހިރުންގެ ދިރާސާތަކުން ދައްކައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް