ޝައިޙް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް
ހަބަރު
09 Aug 2023 | 13:23
އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަންދޭން އޮންނަ ޤާނޫނުގެ ރޫޙު މުގުރައިލުން: ޝެއިޚް ޢަބްދުﷲ

އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަންދޭން އޮންނަ ޤާނޫނުގެ ރޫޙު މުގުރައިލުން ކަމަށް ރާއްޖޭގެ ދީނީ ޢިލްމު ވެރިޔާ އަދި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝެއިޙް ޢަބްދުﷲ މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

 ޝެއިޙް ޢަބްދުﷲ ވިދާޅުވީ ރާއްޖޭގައި ދިވެހިބަހުން ކިޔަވައިދޭ 2 މާއްދާކުރެ އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަންދޭން އޮންނަ ޤާނޫނުގެ ރޫޙު މުގުރައިލުން ކަމަށެވެ. އަދި އޭގެ އަނެއް ފަރާތުން ފެންނަނީ މިހާރު ކިޔަވައިދެއްވާ އިސްލާމްޓީޗަރުންގެ ވަޒީފާ ގެއްލުވައިލުން ކަމަށްވެސް ޝެއިޙް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ އޭރުން އިސްލާމް ކިޔަވައިދިނުމަށް ގެންނާނީ ބިދޭސީން ކަމަށާއި، އޭގެ ތެރޭގައި އާމިނާ   ވަދޫދު،ލަތީފް ފަދަ އޮރިއެންޓަލިސްޓުންނާއި ޣައިރު މުސްލިމުންވެސް ހިމަނައިފާނެ ކަމަށް ޝައިޙް ޢަބްދުﷲ ވިދާޅުވިއެވެ.

ޤުރްއާން މާއްދާއަށްވެސް އެމްޑީޕީ ކޯލިޝަނުން މިހިނގާ ދައުރުގައި ހަދާފައި އެއޮތީ އެފަދައިން ކަމަށާއި ޓެސްޓުއުވާލައި، އެމާއްދާގެ އަހައްމިއްޔަތުކަން ވަނީ ގެއްލުވާލައިފައި ކަމަށް ޝައިޙް ވިދާޅުވިއެވެ.

ޝައިޙް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ ކޯލިޝަންގެ މެނިފެސްޓޯ ގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހަމަޖައްސާނެކަމަށް ބުނެ އިޢުލާނު ކޮށްފައި ވަނިކޮށެވެ.

އެ މެނިފެސްޓޯގެ ދަށުން "މާދަމާގެ މީހާ މިއަދު" ގެ ނަމުގައި އާންމުކުރި ތަޢުލީމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން ފަހިކޮށްދިނުން ހިމަނައިފައެވެ.

މި ސިޔާސަތާއި ގުޅިގެން މިކަމާއި ދެކޮޅަށް އެއްބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުން އެބަދެއެވެ.

ކޮމެންޓް
ގައުމު ދެކެ ލޯބިވާ
މިމީހުންގެ ވެރިންގެ ކިބައިގާ އިސްލާމްދީނަށް ކުޑަކޮށްވެސް ލޯބިނެތްކަން ޔަގީން ވެއްޖެ ކަމަށާއި މިމީހުންނަށް ނޯއޭ ބުނަން ޖެހޭ ވަގުމިހާރު ޖެހިއްޖެ
09 Aug 2023
ކިނބޫ
ދިވެއްސާ އިސްލާމަކީ، މިހާރު ހަމައެކަނި ދިވެހި މުދައްރިސުން ކިޔަވައިދޭ ދެ މާއްދާ، އެ ވަޒީފާތަކަށްވެސް އިންޑިއާ ގެރިންނަށް ފުރުސަތު ދޭން ގަންނަ ގަނޑު. މިއޮތީ މުސީބާތެއް.
09 Aug 2023
ބޭބެ
ސާލިހު ހޮވިގެންތާ ތިޔަ ކަން ވާނީ!! الله ގެ އިރާދަފުޅުން ތިޔަ ކަލޭގެ ދާނީ މެނިފެސްޓޯއާ އެކު ހުކުމް ތަންފީޒް ކުރަން!! އިންޝާ الله
09 Aug 2023
މި މީހާ
އެގޮތަށް ނިންމުމަކީ ގޯހެއް ނޫން. ރާއްޖޭގައި ކިޔަވަދޭ އިސްލާމް މާއްދާގެ ސިލަބަސް އަކީ ހަނި އެއްޗެއް ކަމަށް އަޅޅުގަނޑު ދެކެން. ނަމަވެސް ޝައިޚް ދެންނެވި ފަދައިން އެގޮތަށް ބަދަލު ކުރުމީ ގޯހެއް.
09 Aug 2023
މި މީހާ
އޭގެ ބަދަލުގައި އިސްލާމީ ތަރުބިއޔަތުގެ ސިލަބަސް ރިވައިސް ކުރުމަށްފަހު މަގުފުދިގެންދާ މި ޖީލުތަކުގެ ދަރިން ސަލާމަތް ކުރަމާ!!
09 Aug 2023
ރާނީ
ކަލޭމެންވެސް ބޭރުޤައުމްތަކަށް ގޮސްކިޔެވީ އިނގިރޭސިބަހުން.. އަރަބި ވެސް ބަސްތައް ދަސްކުރީ އިނގިރޭސި މާނަ ބަލާގެން..
09 Aug 2023
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.