ގދ ދެއްވަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
09 Aug 2023 | 16:06
މަސްވެރިކަން ކުރިއަރުވާކަށް ސަރުކާރުތަކުކުން މާބޮޑު ކަމެއްކޮށްފައެއް ނެތް: ރައީސް ޞާލިޙް

މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން ރާއްޖޭގެ ސަރުކާރުތަކަކުން މާބޮޑު ކަމެއްކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދެއްވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ 45 އަހަރުކުރިން އަޅައިފައިހުރި ފެކްޓްރީއެއް ފެލިވަރުގައި އެބަހުރި ކަމަށާއި،  މީގެ 25 އަކަށް އަހަރު ކުރިން އަޅައިފައި ހުރި މަސްގަނެ ބަންދުކު ކޮށް ގުދަން ކުރާ  ކާރުޚާނާއެއް ކޫއްޑޫގައި  އެބަހުރިކަމަށެވެ.

އެއަށް ފަހު މި ސިނާޢަތް ތަރައްޤީ ކުރުމަށްޓަކައި އެއްވެސް ސަރުކާރަކުން މާބޮޑު ކަމެއް ކޮށްފައެއް ނެތް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އޭގެ ސަބަބުން ސަރުކާރާއި މަސްވެރިންނާއި ދޭތެރޭގައި ބޮޑު ދުރުކަމެއް އެބައޮތް، ސަރުކާރުން އޭރު ވިސްނަމުންދިޔައީ އަބަދުވެސް މި ސިނާޢަތާއި ދުރަށްދާން، މިއީ އަމިއްލަ ފަރުދުން ކުރިއަރުވަންޖެހޭ ސިނާޢަތެއްގެ ގޮތުގައި ދޫކޮށްލަން، އަޅުގަނޑެއް ޤަބޫލެއް ނުކުރަން އެއްޔަކީއެއް އެންމެ ރަނގަޅު ހައްލުކަމުގައެއް" ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރާނީ އަދިވެސް ސަރުކާރުން މިސިނާޢަތުގެ ތެރޭގައި ބައިވެރި ވެގެން ކަމަށާއި އިންވެސްޓް ކުރަންޖެހޭ އިންވެސްޓް މަންޓުތައް ސަރުކާރުން ކޮށްގެން ކަމަށެވެ.

އަދި އެއަށްފަހުގައި ޕްރައިވެޓް ސެކްޓަރ އާއި އެކު މި ސިނާޢަތް ކުރިއަށް ގެންދެވިދާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން މިގެންދަނީ އެމަސައްކަތް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި މަސްގަނެ ރައްކާކުރާ ގުދަންތައް ދެގުނަ ކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ މަހަށް ބޭނުންވާ ހަމައަގު ހޯދައިދެވޭނީ އެގޮތައް މަސައްކަތް ކޮށްގެން ކަމަށެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ގއ ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންގމޭޓު މުޙައްމަދު އަސްލަމް އާއި ކޯލިޝަންގެ ބައިވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.