ރައީސް ޞާލިހު ދެއްވަދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Aug 2023 | 16:04
އަންނަ ދައުރުގައި ދޮށީ އުމުރު މީހުންނަށްޓަކައި ކޮށްދޭނެ ކަންކަން ރައީސް ޞާލިހު ހާމަކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، ދޮށީ އުމުރުގެ މީހުންނަށް ކޮށްދޭން ނިންމަވާފައިވާ ކަންކަން ހާމަކުރައްވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް ގދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ދެއްވަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހު ވިދާޅުވީ, ރާއްޖޭގަ އާބާދީ މިސްރާބު ޖަހާފައިވަނީ ދޮށީ އުމުރުގެ އާބާދީއަކާއި ދިމާއަށް ކަަމަށެވެ. އެގޮތުން އެވްރެޖް ދިވެއްސެއްގެ އުމުރު 80 އަހަރުގައި މިހާރު ހުރިކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، ސަރުކާރުން އެކަމަށް ތައްޔާރުވެ، ދޮށީ އުމުރުގައި، ހަމަޖެހިގެން އުފަލުގައި އާއިލާއާއި އެކުގައި އުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދޮށީ އުމުރުގެ ކޮންމެ މީހަކީވެސް މުހިންމު މީހެއްގެ ގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެގޮތުން ރައީސް ޞާލިހު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛ 

1) ވަޒީފާއިން މުސްކުޅި ކުރާ އުމުރަށް އަންނައިރު, ޓްރާންސިޝަނަލް ޓު ވޯކްނިޒާމް ތައާރަފްކޮށް، ސައިކޯ ސޯޝަލް ސަޕޯޓްދީ މި ބަދަލަށް މީހުން ތައްޔާރު ކުރުން.

2) ވަކި އުމުރަކުން މަތީ މީހުންނަށް އިތުރު ޕޮއިންޓް ލިބޭ ވަޒީފާތައް ތަޢާރަފް ކުރުން

3) އަމިއްލަ މަަސައްކަތް ކުރަން ބޭނުންވާ ދޮށީ އުމުރުގެ މީހުންނަށް މަލީ އެހީތެރިކަން ލިބޭނެ ގޮތް ހޯދައި ދިނުން

4) ދޮށީ އުމުރާއި ގުޅިގެން ދާންމަތިވާ ފަރާތްތަކަށް ސިއްހީ އެހީތެރިން ފޮނުވައި ދިނުން

5) ދޮށީ އުމުރުގެ އާބާދީ ބޮޑެތި ރަށްރަށުގައި އެމީހުންނަށް ހާއްސަ ޚިދުމަތްތަކާއެކު މަރުކަޒުތަކާއި ކުލަބްތައް ގާއިމް ކުރުން. އެގޮތުން ޑްރޮޕްއިން ސެންޓްރުގެ ޚިދުމަތާއި އިޖުތިމާއީ ހަރަކާތްތައް ތައާރަފް ކުރުން

6) ހެލްތު ސްކްރީން ހެދުމާއި، ދުޅަހެޔޮކަމާއި ހަށިހެޔޮ ކަންމަތީ ހުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

ރައީސް ޞާލިހު ވިދާޅުވީ، ދޮށީ އުމުރުގެ މީހުންގެ ހިލްމާއި އިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވޭނެ މަގު އަންނަ ދައުރުގައި ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެމީހުންނަށް ރައްކާތެރި ކަމާއިއެކު، ހަށިހެޔޮ، ދުޅަހެޔޮ ވެއްޓެއް ޤާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ޑރ
ވ ރަނގަޅު ހިޔާލެއް
09 Aug 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ