ޓީސީ އާއި ގްރީން ސްޓްރީޓް ފުރަތަމަ ބުރުގައި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
10 Aug 2023 | 08:53
ގްރީން ސްޓްރީޓް މެޗަށް ހާޒިރު ނުވުމުން، ޓީސީ މޮޅުވިކަމަށް ނިންމައިފި!

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިހަފްތާގެ އަންގާރަދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓް ވާދަކުރުމަށް ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓް ހާޒިރުވެފައި ނުވާތީވެ، ޓީސީ އެމެޗުން މޮޅުވިކަމަށް ނިންމައިފިއެވެ.

އެފްއޭއެމް އިން މީޑިއާ ގުރޫޕަށް ފޮނުވާފައިވާ މެސެޖެއްގައި ވާގޮތުން މެޗު ފެށުމުގެ ކުރިން ގްރީން ސްޓްރީޓުން ވަނީ މިހާރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހުމުގެ ރޯގާގެ ސަބަބުން އެޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ބަލިވެ އުޅޭތީވެ، އެކަން އެފްއޭއެމް އަށް ވަނީ އަންގާފަ އެވެ.

ނަމަވެސް އަންގާރަދުވަހުގެ ރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗަށް ގްރީން ސްޓްރީޓުން ހާޒިރުވެފައި ނުވާތީ، މުބާރާތުގެ ކޮމެޓީން ވަނީ އެޓީމު މެޗު ދޫކޮއްލިކަމަށް ނިންމައި މުބާރާތުގެ ގަވާއިދުގައި ވާގޮތުގެ މަތިން އެމެޗުން ޓީސީ މޮޅުވިކަމަށް ނިންމާފައެވެ.

މީގެ ކުރިން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހަވީރު ކުލަބު ވެލެންސިއާ އާއި މާޒިޔާ ވާދަކުރަން ތާވަލު ކުރެވިފައި އޮތް މެޗަށް ވެލެންސިއާގެ ކުޅުންތެރިން ހަމަ ނުވުމުން، އެމެޗު ވެލެންސިއާ އިން ދޫކޮއްލިކަމަށް ނިންމައި މާޒިޔާ މާޒިޔާއަށް ވަނީ ތިން ޕޮއިންޓް ދީފައެވެ.

އެމެޗަށް ވެސް ވެލެންސިއާގެ ކުޅުންތެރިން ހަމަނުވީ ހުމުގެ ރޯގާގެ ސަބަބުން އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭތީއެވެ. އަދި އެކަން އެކުލަބުން ވެސް ވަނީ އެފްއޭއެމް އަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.