މާޒިޔާ އާއި އީގަލްސް ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
10 Aug 2023 | 10:05
އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި އީގަލްސް ކުޅޭ މެޗަށް ވަގުތު ދިނުމުގެ ގޮތުން މާޒިޔާ މެޗު ފަސްކޮށްފި!

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި ރޭ މާޒިޔާއާއި ކުލަބް އީގަލްސް ވާދަކުރުމަށް ހަމަޖެހިފައި އޮތް މެޗު ފަހުގެ ތާރީޚަކަށް ފަސްކޮށްފި އެވެ.

އެފްއޭއެމް އިން މައުލޫމާތު ދޭގޮތުގައި ރޭގެ މެޗު ފަސްކުރެވުފައި ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝަގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ބަންގްލަދޭޝަށް ދިއުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ކްލަބު އީގަލްސް އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. 

ޕްރިމިލިނަރީ ބުރުގެ ދެވަނަ ރައުންޑްގައި މި މަހުގެ 16 ވަނަ ދުވަހު ޑާކާ އަބަހާނީ އާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕް ސައުތު ޒޯނުގެ ޕްލޭއޮފް ގައި ވާދަކުރަންޖެހެނީ މި މަހުގެ 16 ވަނަ ދުވަހު އިންޑިޔާގެ މޯހަންބަގާން އާއި ނޭޕާލުގެ މަޗިންދްރާ އެފްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ލީގުގައި މާޒިޔާ އާއި އީގަލްސް އެންމެ ފަހުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި ވާއިރު، 7 މެޗުން ލިބުނު 19 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ މާޒިޔާ އެވެ. ދެވަނަގައި 8 މެޗުން ލިބުނު 18 ޕޮއިންޓާއެކު އޮތީ ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ. 

ކުލަބު އީގަލްސް ލީގުގައި ކުޅުނު 7 މެޗުގެ ތެރެއިިން ފަސް މެޗުން މޮޅުވެ ދެމެޗު އެއްވަރުވެފައިވާއިރު، ލީގު ތާވަލުގައި އެޓީމު މިވަގުތު އޮތީ ތިންވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.