ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
10 Aug 2023 | 12:42
ދެވަނަ ދައުރެއް ލިބިއްޖެނަމަ ނިލަންދޫ މަގުތަކުގައި ތާރުއަޅާނަން: ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ނިލަންދޫ މަގުތަކުގައި ތާރު އަޅުއްވާ ދެއްވުމަށް ވައުދުވެ ވަޑައިގެންފި އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެވަޑައިގެންފައި ވަނީ ގއ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ގއ ނިލަންދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ އެކުލަވާލާފައިވާ މެނިފެސްޓޯގެ އިތުރުން ކޮންމެ ރަށަކަށް ޚާއްސަކޮށްގެން، އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބަލައި އަންނަ ދައުރަށް އެ ރަށްތަކަށް ކޯށްދެއްވާނެ ކަންކަން އެމަނިކުފާނުގެ ކެމްޕޭނު ދަތުރުފުޅުތަކުގއި ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ. 

ގއ ނިލަންދޫއަށް ބަލާއިރު، މި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބެނުންވެފައިވާ އެއް ކަމަކީ މަގުތައް ހެދުންކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެމަނިކުފާނުގެ ދެވަނަ ދައުރުގައި ނިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހައްދަވާދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މި ރަށުގެ (ގއ ނިލަންދޫ) މަގުތައް ހަދާ ތާރުއަޅާ ނިންމާނަން"

ރައީސް ޞާލިހު

މަގު ހެދުމުގެ އިތުރުން ގދ ނިލަންދޫގެ ޒުވާނުންނަށްޓަކައި އެ ރަށުގައި ޔޫތު ސެންޓަރަކާއި ފުޓުބޯޅަ ސްޓޭޑިއަމެއް އަޅުއްވާދެއްވާނެކަމަށް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ބަނދަރު ބޮޑުކޮށް ޒަމާނީ ކޮށްދިނުމަށް ވެސް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

ރައީސް ޞާލިހު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމެއްގައި ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވުމަކީ ސަރުކާރުން ފަށާފައިވާ ތރައްގީގެ މަޝްރޫއުތައް ހުއްޓި ރައްޔިތުންނަށް ލިބިދެން ޖެހޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.

މިހާރުވެސް ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވާއިރު، ވެރިކަން ބަދަލުވެއްޖެ ނަމަ އަނެއްކާވެސް އެ މަޝްރޫއުތަކަށް ހުއްޓުމެއް އަންނާނެ ކަމަށާއި، އެކަންކަމާއި ދޭތެރޭގައި ރައްޔިތުން ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ގޮތެއް ނިންމެވުމަށް ރައީސް ޞާލިހު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.