ސަލާންޖެހުން ހުޢްޓުވުމަށް ދުބާއީ ގައި ފަށައިފައިވާ ކެމްޕޭނުގެ ޕޯސްޓަރެއް. ފޮޓޯ: ގަލްފް ނިއުސް
ހަބަރު
10 Aug 2023 | 12:43
ދުބާއީގައި އުޅޭއިރު ސަލާންޖަހާ މީހުންނާއި މެދު ސަމާލުވުމަށް އިލްތިމާސްކޮށްފި

ދުބާއީގައި އުޅޭއިރު އެތަނުގެ މަގުތަކުގައި އުޅޭ ސަލާންޖާމީހުންނާއި މެދު ސަމާލުވުމަށް ދުބާއީ ފުލުހުން އިލްތިމާސްކޮށްފިއެވެ.

ދުބާއީގެ ފުލުހުން ޢާންމުންނަށް އިލްތިމާސް ކޮށްފައިވަނީ ޢާންމުކޮށް މަގުމައްޗަށް ނުކުމެ އުޅޭއިރު ސަލާންޖަހާ ފަރާތްތަކަށް އެހީވާއިރު ސަމާލުވުމަށެވެ.

ދުބާއީގެ ސަރުކާރުން މިފަދަ އިލްތިމާސެއް ކޮށްފައިމިވަނީ ދާދިފަހުން ސަލާންޖަހާ ބައެއްކަމަށް ހެދިގެން  އުޅުނު ގްރޫޕަކުން ހިންގި ކުށުގެ ޢަމަލު ތަކަކާއި ގުޅިގެނެވެ. އެމީހުން މިހާރުވަނީ ދުބާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ދުބާއީ ފުލުހުން ބުނެފައިވަނީ އެމީހުން މިސްކިތްތަކާއި މޯލްތަކާއި ހޮސްޕިޓަލް ތަކުގެ ކުރިމަތީގައި ސަލާންޖަހާ މީހުންގެ ގޮތައް ހެނދުންއަޅައި ތިބޭތަން ފެންނަކަމަށެވެ. އަދި އެމީހުން އެމަސައްކަތުގައި އުޅޭއިރު އަންހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ ކަމަށެވެ. 

އޭޝިޔާގެ ޤައުމުތަކުގެ މީހުން މިކަމުގައި އުޅޭ ކަން ފާހަގަ ވެފައިވާ ކަމަށް ދުބާއީ ޕޮލިހުންގެ މޭޖާ ޖެނެރަލް އަލް ޖައްލާފް  ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ މީހުންނަށް އެހީ ވުމަކީ މުސްކުޅިން އަތުން ފޭރުމާއި، މަކަރު ހަދައިގެން ކުޑަކުދިން އަތުލައިގަނެ އެކުދިން ރަހީނުކުރުމާއި މީހުންގެ އަތުން މަކަރުހަދައިގެން ފައިސާ ހޯދުން ފަދަ ކުށްތަކަށް މަގުފަހި ވާކަމަކަށް ވާތީ އެފަދަ މީހުންނާއި މެދު ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

 ދުބާއީ ފުލުހުް ބުނެފައިވަނީ އަވައްޓެރި ޤައުމުތަކުގައި ބޭނުން ކުރާ ނަންބަރު ޕްލޭޓްތައް ވެހިކަލް ތަކުގައި ޖަހައިގެން އެނބުރި ޤައުމަށް ދާން އެހީ ބޭނުންވާ ކަމަށް ހެދިގެން އެ ގްރޫޕުން ސަލާން ޖަހަމުން ދާ ކަމަށެވެ.

އެހެން ކަމުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންނާއި މެދު ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ދުބާއީ ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް