ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
10 Aug 2023 | 12:44
ދެވަނަ ދައުރެއްގައި ދާންދޫ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާނަން: ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ދާންދޫ ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ގއ އަތޮޅުގެ ރަށްތަކަށް ކުރައްވަ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ދާންދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ދާންދޫއަށް އެންމެ ބޭނުންޖެހިފައިވާ އެއް ކަމަކީ ސިއްޙީ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ މިހާރު ދާންދޫގައި ހުރި ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، ސިއްޙީ ޚިދުމަތް މިހާރަށްވުރެ ފުޅާކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މިރަށުގެ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް 30 އެނދުގެ ޖާގައިގެ ޒަމާނީ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ މިރަށުގައި އަޅާދޭނަން"

ރައީސް ޞާލިހު

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ އަންނަ ދައުރެއްގައި ދާންދޫގައި ހޮސްޕިޓަލު އަޅުއްވާދެއްވާނެކަމަށް އެމަނިކުފާނު ވައުދުވުމުން ރައްޔިތުން އެމަނކުފާނުގެ ބަހަށް އިތުބާރު ކުރައްވާނެ ކަމަށެވެ. އެއީ ވެރިކަމުގެ 5 އަހަރު ދުވަސް ތެރޭގައި ގިނަ ވައުދުތަކެއް ފުއްދާދެއްވާ ރައްޔިތުންނަށް އެކަން ދައްކާދެއްވާފައި ވާތީކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހުގެ މި ދައުރުގައި ވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޒަމާނީ ފެންވަރަށް ޓާޝަރީ ޚިދުމަތްދޭނެ 5 ހޮސްޕިޓަލު އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ މިހާތަނަށް އެއިން އެއްވެސް ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.