ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
10 Aug 2023 | 14:52
ކޮނޑޭގެ ބަނދަރު ބޮޑުކޮށްދޭނަން، ހައުސިން ޔުނިޓުތައް އަޅާނަން: ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގއ ކޮނޑޭއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފި އެވެ. 

ރައީސް ޞާލިހު ގއ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކޮނޑޭއަށް ވަޑައިގެން ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި އެމްޑީޕީ މެނިފެސްޓޯގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ކޮނޑޭއަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރެވިދާނެ ރަށެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފަދަ މަސައްކަތްތައް ކުރުމަށް އެމްޑީޕީގެ 2023 ވަނަ އަހަރުގެ މެނިފެސްޓޯގައި ލޯނު ސްކީމު ހިމަނާފައިވާނެ ކަމަށާއި، ކޮނޑޭގެ ރައްޔިތުންނަށް ވެސް އެ ސްކީމުގެ ތެރެއިން ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު އޮންނާނެކަމަސް ރައީސް ވިދާޅުވި އެވެ. 

ރައީސް ޞާލިހު ގއ ގެ ރަށްތަކަށް ދަތުރުކުރައްވަމުން ގެންދަވާއިރު، މިއަދަކީ މޫސުން ގޯސް ދުވަހެއްކަމަށް ވުމުން، އެމްޑީޕީގެ ސިޔާސަތުތަކުގެ ވާހަކަ ތަފްސީލުކޮށްދެއްވޭ ގޮތެއް ނުވިއެވެ. 

އެހެން ނަމަވެސް ވަރަށް ކުރުކޮށް އެމަނިކުފާނު ވަނީ ވެރިކަމުގެ ދެވަނަ ދައުރެއްގައި ކޮނޑޭއަށް ކޮށްދެއްވަން ގަސްދުކުރައްވާ ކަންކަން ހާމަކުރައްވާފަ އެވެ. 

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރީ ކޮނޑޭގެ ބަނދަރު ބޮޑުކުރުމާއި، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގައި ހައުސިން ޔުނިޓުތަކެއް އަޅުއްވާނެކަމުގެ ވައުދުފުޅެވެ. 

"ކޮނޑޭގެ ބަނދަރު ބޮޑުކޮށްދީ ފަސޭހައިން ލަފާ ފުރޭގޮތަށް މި ބަނދަރު އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދައުރުތެރޭގައި ހަދާދޭނަން. އަދި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވަހިކަން ޙައްލެއް ހޯދައިދިނުމަށްޓަކައި ރަށުގައި ހައުސިން ޔުނިޓު އަޅުގަނޑުމެން ގާއިމްކޮށްދޭނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ކޮނޑޭގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރަށުގައި ފުޓުބޯޅަ ދަނޑެއް އެޅުންކަމަށް ވާއިރު، އެކަން ޔަގީނުން ވެސް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަމަށެވެ. 

ރައީސް ޞާލިހު ވިދާޅުވީ ކޮނޑޭގެ ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އޮތްކަން އެމަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. އަދި އެ އިތުބާރާއި ޔަގީންކަމާއި އެކުގައި 9 ސެޕްޓެމްބަރުގައި ނަގާ ވޯޓު އެމްޑީޕީއަށް ދެއްވުމަށް ރައީސް ޞާލިހު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ރައީސް ޞާލިހު ފެއްޓެވި ދަތުރުފުޅުގައި ކޮނޑޭގެ ރައްޔިތުންގެ ވޯޓު ވެސް ވަރަށް މުހިންމު ކަމަށާއި، ދެވަނަ ދައުރެއް ބޭނުންފުޅުވަނީ ކޮނޑޭގެ ރައްޔިތުންގެ ވެސް މެޖޯރިޓީއާއި އެކުގައި ކަމަށް ރައީސް ޞާލިހުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.