ނިލަންދޫގައި ބޭއްވުނު ޖަލްސާގައު ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
10 Aug 2023 | 14:58
ޑިމޮކްރަސީ އެއްގައި ސިޔާސަތުތައް އިރުއިރުކޮޅާއި ބަދަލު ކުރާނަމަ ތަރައްޤީއެއް ނުލިބޭނެ: ރައީސް ޞާލިޙް

ޑިމޮކްރަސީ އެއްގައި ސިޔާސަތުތައް އިރުއިރުކޮޅާއި ބަދަލު ކުރާނަމަ ރައްޔިތުން ބޭނުންވާ ތަރައްޤީއެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ގއ. އަތޮޅަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ނިލަންދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޑިމޮކްރަސީ އެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލު ވުމަށް ފުރުސަތު ދޭ ކަމަށްވަންޏާ ރައްޔިތުން އެބޭނުންވާ ތަރައްޤީއެއް ނުލިބޭނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، އޭގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ކޮންމެ ފަސްއަހަރަކުން ވެރިކަން ބަދަލު ވާކަމަށްވާނަމަ އެކަންކަން ނުވާނެ ކަމަށާއި އެކަން ތަޖުރިބާ ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2008ގައި އެމްޑީޕީ ވެރިކަމަށް އައިސް ކުރަންފެށި ރަނގަޅު މަސައްކަތްތައް އޭގެ އަނެއް ދައުރުގެ ރިޔާސީ ދައުރު ބަދަލުވުމާއި ގުޅިގެން ހުއްޓުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރަށްރަށާއި  ދޭތެރޭގައި އަޅާލަންވާ މިންވަރަށް އަޅަލައިގެން ދެން އައި ރިޔާސީ ދައުރުގައި ކަންތައްތަކެއް ކުރެވިފައިވަ ނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަންކަން ކުރެވޭނެ ގޮތަކަށް ރައްޔިތުންގެ ވިސްނުން ބެހެއްޓެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނޫންނަމަ އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ބޭކާރު އެތައް ޚަރަދެއް ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.