ހަބަރު
10 Aug 2023 | 17:18
ކުވައިތުގައި ބާބީ ފިލްމު ދެއްކުން މަނާކޮށްފި

އެއްޖިންސުން ގުޅުންހިންގުންފަދަ ފާޚިޝް ޢަމަލުތަކަށް ހިތްވަރުދޭތީ ކުވައިތުގައި ބާބީ ފިލްމު ދެއްކުން މަނާ ކޮށްފިއެވެ.

ކުވައިތުން ބާބީ ފިލްމު ދެއްކުން މަނާ ކޮށްފައިވަނީ އެޤައުމުގެ ޢާންމު އަޚްލާޤާއި ޘަޤާފީ ސުލޫކާއި އެފިލްމުގެ މަންޒަރުތަކާއި އަޑުތައް ޚިލާފުވާތީއެވެ.

ކުވައިތުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ ބާބީ ފިލްމަކީ ކުވައިތުގެ ޘަޤާފަތާއި އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުވުމަށް ހިތްވަރުދޭ ފިލްމެއްކަމުން އެޤައުމުގައި އެފިލްމު ދެއްކުން މަނާކުރީ ކަމަށެވެ.

ކުވައިތުގެ އިންފޮމެޝަން މިނިސްޓްރީ އިން ވަނީ އޮސްޓްރޭލިޔާގެ ފިލްމެއް ކަމަށްވާ "ޓޯކް ޓު މީ" ވެސް އެޤައުމުގައި ދެއްކުން މަނާ ކޮށްފައެވެ.

ކުވައިތުގެ އިތުރުރުން ލުބްނާންގެ ކަލްޗަރަލް މިނިސްޓްރީ އިންވެސް ދަނީ އެޤައުމުގައި އެފިލްމު ދެއްކުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން ފިޔަވަޅު ތަކެއް އަޅަމުންނެވެ.

ލުބްނާންގެ ކަލްޗަރަލް މިނިސްޓަރ މުޙައްމަދު މުރްތަދާ ވިދާޅުވެފައިވަނީ ބާބީ ފިލްމުން އެއްޖިންސުން ގުޅުން ހިންގުންފަދަ ފާޚިޝް ޢަމަލުތައް ޕްރޮމޯޓް ކުރާ ކަމަށާއި، ބައްޕަގެ ބެލެހެއްޓުމުގެ ދަށުން ނުކުމެ އުޅުމަށް ތާއީދު ކުރުމާއި ކައިވެނި ކުރުމާއި އާއިލާއެއް ބިނާކުރުން ފަދަ ކަންކަން ނުކުރުމަށް ހިތްވަރުދޭ ކަމަށެވެ.

ލުބްނާނާއި ކުވައިތުގެ އިތުރުން ވިއެޓްނާމާއި ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައިވެސް މި ފިލްމު ދެއްކުމުގައި މައްސަލަތަކެއް ވަނީ އުފެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް