ރައީސް ވަހީދު
ހަބަރު
11 Aug 2023 | 07:07
ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި!

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ. 

ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަން އިއުލާން ކުރައްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ، 10 އަހަރު ވަންދެން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. 

ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްއާއި ގުޅިވަޑައިގަތީ ގައުމީ ހަމަޖެހުން ގާއިމުކޮށް، އެމަނިކުފާނު ފައްޓަވާފައިވާ ތަރައްގީ ދެމެހެއްޓުމަށް ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ނިމިފައި ވުމަކީ ނުހަނު އުފާ ކުރައްވާ ކަމެއް ކަމަށާ އެހެން އަދިވެސް ކުރަން ހުރި ކަންކަން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ވަރަށް ވިސްނުމަށްފަހު، ޕީޕީއެމްގެ މެމްބަރު ކަމުންނާއި, ޕާޓީގައި އަދާ ކުރައްވަމުން ގެންދެވި ސްޕެޝަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފިން. ދިވެހިރާއްޖޭގެ ކުރިއެރުމަށް، އަޅުގަނޑުގެ ހުނަރާއި، ތަޖުރިބާ އާއި ޢިލްމުގެ ބޭނުން، ހަމަޖެހުމާއި، ބަދަހިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ބޭނުން ކުރުމަކީ، މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން." ޑރ. ވަހީދު ވިދާޅުވިއެވެ. 

މިއާއެކު ވަހީދު ވިދާޅުވީ ޕީޕީއެމްގެ ހުރިހާ މެންބަރުންނާއި، މި ޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގައި އަބަދުވެސް ޚާއްސަ މަގާމެއް ދެވިފައި އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު އަބަދު ވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ކުރިއެރުމަށާއި ގައުމުގެ އިސްތިގްލާލީ މިނިވަންކަމަށްޓަކައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.