ހަބަރު
11 Aug 2023 | 13:56
ދަރިންނަކީ ހަވާލު ކުރެވިފައިވާ ބޮޑު އަމާނާތެއް؛ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފިނަމަ ހެޔޮ ދުއާ ލިބޭނެ"

ދަރިންނަކީ މާތްالله ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެއްކަމަށާ، އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮ ދުއާގެ މަންފާ ކުރާނެ ކަމަށް ޚުތުބާގައި ބުނެފިއެވެ. 

''ތައުލީމާ ތަރުބިއްޔަތުގެ މާތްކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި، ފެށިގެން މިދިޔަ ދިރާސީ އައު އަހަރަށް އަލި އަޅުވާލައި ބުނީ އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ދެދުނިޔޭގެ ހަޔާތަށް ފައިދާ ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދިންގެ ހުސް ވަގުތު ފަޅުފިލުވަންޖެހޭ ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ ފޮނި ނަތީޖާ ކުދިންނަށް ނެރެވޭނީ ކުދިންގެ މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމް ކުދިން އަދާކޮށްގެން ކަމަށާއި، އެމީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށެވެ.

އަދި މަދަރުސާ އަކީ ދަރިންގެ ދެވަނަ ހިޔާވަހިކަމަށާ، ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރަނީ މަދަރުސާ އިން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މަދަރުސާ އިން މިދައުރު ފުރިހަމައަށް އަދާކޮށްފިނަމަ މުޅި އުއްމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ މަސައްކަތް ކާމިޔާބު ކުރެވޭނީ މަދަރުސާ އާއި ބެލެނިވެރިން ގުޅި ލާމެހިގެން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކުދިން އުނގެނޭ އިލްމުގެ ނޫރުން اللهގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭންޖެހޭ ކަމަށެވެ. އަދި ދަރިންނަކީ މާތްالله ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެއް ކަމަށާ އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮ ދުއާ މަންފާ ކުރާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ، ހެޔޮކޮށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމް ދީނުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ ދެއްވާނެ ކަމެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.