ޑރ މުޙައްމަދު ޖަމީލް އަހްމަދު
ހަބަރު
12 Aug 2023 | 11:19
ދިވެހި ތާރީޚުގައި މިފަހުން އެންމެ އަނިޔާ ލިބުނު ވެރިޔަކީ ރައީސް ޔާމީން: ޑރ ޖަމީލް

ދިވެހި ތާރީޚުގައި މިފަހުން އެންމެ އަނިޔާ ލިބުނު ވެރިޔަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ޑރ ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ‏ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ 5 އަހަރުގެ ވެރިކަމުގެ ގާތްގަޑަކަށް 3 އަހަރު ރައީސް ޔާމީނު މިހުންނެވީ ޖަލުގައި ކަމަށެވެ.

މަންމާފުޅުގެ މޫނު ދެކިލުމުންވެސް މަޙްރޫމު ކުރެއްވި ކަމަށާއި،  ރައީސް ޔާމިންގެ ސިއްޙީ ޙާލުކޮޅު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށް ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.

"ދިވެހި ތާރީޚުގައި މިފަހުން އެންމެ އަނިޔާ ލިބުނު ވެރިޔަކީ މިއީ(ރައީސް ޔާމީން)، ރައީސް އިބްރާހީމަށް މިއަނިޔާއަށް އިންކާރު ނުކުރެވޭނެ" 

ޖަމީލް ވިދާޅުވެފައިވެއެވެ.

ހުއްޓުމެއް ނެތި މުޅި ރާއްޖެއިން ރައީސް ޞާލިޙާއި ދެކޮޅަށް ފާޅުކުރާ ޝުޢޫރު ރައީސް ޔާމީން މިނިވަން ކުރަންދެން ވަރުގަދަ  ކުރުމަށް ޑރ ޖަމީލް ގޮވާލައްވައިފައިވެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވާއިރު އެންމެ ފަހުން ބޭއްވުނު ރައީސް ޔާމިންގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގެ އާލާސްކަންފުޅެއް ހުންނަ ފަރާތެއް ކަމަށެވެ.

އެ އާލާސްކަންފުޅާއި ގުޅިގެން މޫދަށް ގޮސް ކުރަންޖެހޭ ކަސްރަތުތަކެއް ޤަވައިދުން ކުރުމަށް ޑޮކްޓަރު އިރުޝާދުދެއްވާފައި ވީ ނަމަވެސް މާފުށީގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ  އެ ފުރުސަތު މިހާރު ލިބިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ މިހާރު އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ހަގީގަތުގައި ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން ނުކުރައްވަނީ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ހޯއްދަވާނަމަ، އެމަނިކުފާނުގެ އާއިލާ ހިތްދަތިވާނެވަރު އިހުސާސްކުރެވޭތީ، އެ ހިތްދަތިކަން އާއިލާއަށް ނުދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.