ރޮޒެއިނާ އަދި ރައީސް ޞާލިޙް
ހަބަރު
12 Aug 2023 | 19:54
ރައީސް ޞާލިޙް ނުހޮވިއްޖެނަމަ ރައްޔިތުން ރޯނެ: ރޮޒެއިނާ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ނުހޮވިއްޖެނަމަ ދިވެހި ރައްޔިތުން ކަރުނައަޅައި ރޯނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރައީސް ޞާލިޙްގެ ރަނިންމޭޓު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އާ މީހަކަށް، ޒުވާނަކަށް އަދި ދެމަފިރިންނަށް ވޯޓުލުމުން ވާގޮތެއް ބަލަންވެސް ވޯޓު ލެވިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ލާ ވޯޓެއްގެ ސަބަބުން އެއްވެސް ސަބަބަކާއި ހުރެ ރައީސް ޞާލިޙް ނުހޮވިއްޖެނަމަ ރައްޔިތުން ކަރުނައަޅާ ރޯނެ ކަމަށެވެ.

"އަޅުގަނޑު ހަމަ މިތާހުރެ މި ދަންނަވަނީ ދިވެހި ރައްޔިތުން ކަރުނައަޅާ ރޯނެ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙުހާ ކެތްތެރި މަޑުމައިތިރި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މިއީ ސަމާސާއަކަށް ނޫނީ އިންތިޚާބެއްގެ ތެރޭގައި ވީމާ ދައްކާ ވާހަކައެއް ނޫން ކަމަށާއި، އެންމެންނާއި އެކު މަސައްކަތް ކުރިއިރުވެސް ރައީސް ޞާލިޙުހާ ކެތްތެރި މަޑުމައިތިރި އިޚްލާސްތެރި، ރައްޔިތުންނާއި މެދުގައި ވިސްނާ އަދި ސްޓްރެޓެޖިކްކޮށް ވިސްންވައިގެން ކަންކަން ނިންމަވާ ބޭފުޅަކާއި ދިމާނުވާ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަރައްގީ މިއަދު ފެންނަން އޮތީ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރުމުން ކަމަށެވެ. އަދި ލޯނުތައް ވެސް ނެގީ ކޮވިޑްތެރޭ ރައްޔިތުން ބަނޑަށް ނުޖައްސާ ގެންގުޅެން ވެގެން ކަމަށާއި ބްރިޖު އަޅަން ނަގާ ލޯނަށް ވުރެ ރައްޔިތުން ބަނޑަށް ޖެހޭ ވަގުތު ކާއެތިކޮޅު ހޯދަން ނަގާ ލޯނު މާ މުހިއްމުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސް ކައިރިވަމުން އަންނައިރު އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް ދަނީ ކެމްޕޭނުގެ އެކި ހަރަކާތްތައް ހިންގަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.