މަނަދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
13 Aug 2023 | 11:02
ވާދަވެރިން ބުނަނީ މިހާރުވެސް މި ސަރުކާރުން ކުރަމުންދާ ކަންކަން ކޮށްދޭނަމޭ: ރައީސް ޞާލިޙް

ރިޔާސީ އިންތިޚާބުގެ ވާދަވެރިންގެ ތެރެއިން އެއްބަޔަކު ބުނަމުންދަނީ މިހާރުވެސް މިސަރުކާރުން ކުރަމުންދާ ކަންކަން ކޮށްދޭނެ ވާހަކަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ނ. މަނަދޫ ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވާދަވެރިންގެ ތެރެއިން އެއްބަޔަކު ކުރަމުންދާ ކަމަކީ ޒާތީ ގޮތުން ވާހަކަ ދެއްކުން ކަމަށާއި އެނޫން އެއްވެސް ކަމެއް ނުކުރާކަމަށެވެ.

"ދެން އަނެއްބަޔަކު ދައްކާ ވާހަކައަކީ މިހާރުވެސް މިސަރުކާރުން ކުރަމުންދާ ކަންކަމުގެ ވާހަކަ، ތިމަންނަމެންގެ ސަރުކާރުގަ އެސްއެމްއީ ލޯނު މޯގޭޖެއް ނެތި، ރަހުނެއް ނެތި ދޫކުރާނަމޭ، ބަލަ މިހާރުވެސް އެކަން ކުރަމުންދާގޮތޭ އެ، އެސްއެމްއީ ލޯނު މިހާރުވެސް ދެނީ އެގޮތަށޭ، ރަނގަޅު ޕްރޮޕޯސަލްއެއް ހުށައެޅީމަ އެއްވެސް ރަހުނެއް ނެތި އެދަނީ ލޯނު ދޫކުރަމުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ އަނެއްބޭފުޅަކު ދައްކަވާ ވާހަކައަކީ މިރަށުގައި 12،000 މީޓަރުގެ އެއަޕޯޓެއް އަޅުއްވާނެ ވާހަކަކަމަށާއި، އެހެން އެވިދާޅުވި ރަށުގައި މިހާރު 15،000 މީޓަރުގެ އެއަރޕޯޓެއް އަޅަމުންދާ ކަމަށެވެ.

ކެންޑިޑޭޓުގެ ނަން ހާމަނުކުރައްވާ ރައީސް ވިދާޅުވީ އާބާދީ ބޮޑު ރަށްރަށަށް ތަރައްޤީ ގެންނަވާ ވާހަކަފުޅު ކެންޑިޑޭޓަކު ވިދާޅުވިކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި އެހެން ބޭފުޅުންގެ ސިޔާސަތުތަކާއި ހުރި ތަފާތަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެން އިސްކަންދެނީ ދިވެހި ފަރުދުންނަށް، ވަކި ވަކި ފަރުދުންނަށް، ކޮންމެ ތާކު ކޮންމެ ރަށެއްގައި އުޅުނު ކަމަށްވިޔަސް ދިވެހިންނަށް ހައްޤުވާކަންތައް ތަކެއް އެބަހުރި، ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރި، އެއިޔަކީ އެއް އާބާދީ ބޮޑުވެގެން، ބޮޑު ރަށެއްގައި އުޅޭތީ ނޫނީ ސިޓީއެއްގައި އުޅޭތީ ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައްތަކެއް ނޫން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު އިންތިޚާބަށް ކުރިމަތިލައިފައިވާ 8 ކެންޑިޑޭޓުންވެސް ދަނީ ފޯރިއާއި އެކު ކެމްޕޭނު ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.