ކުޅުދުއްފުށީ ބޭއްވުނު މުޢިއްޒުގެ ކެންޕެއިން ޖަލްސާގެ ތެރެއިން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
13 Aug 2023 | 12:43
ރައީސް ޔާމީންގެ ފޮޓޯ ބޭނުންކޮށްގެން ކެންޕެއިން ކުރަން ގާނޫނު މަނައެއް ނުކުރޭ: އީސީ

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ބޭނުންކޮށްގެން ކެންޕެއިން ކުރުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ކެންޕެއިން ޕޯސްޓަރ ތަކުގައި ރައީސް ޔާމީން ގެ ފޮޓޯ ބޭނުންކުރައްވާތީ، ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ މީހެއްގެ ފޮޓޯ އެފަދައިން ކެންޕެއިންގައި ބޭނުންކުރެވިދާނެތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ފަރާތުން، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުގެ ކެންޕެއިން ޕޯސްޓަރ ތަކެއް ފާސްކޮށްދެއްވުމަށް އެދި އެ ކޮމިޝަނަށް ފޮނުއްވާފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ އެގޮތުން ފޮނުވާ ތަކެތީގެ ތެރޭއިން އީސީން ބަލަނީ ކެންޑިޑޭޓާއި ރަނިންމޭޓާއި ގުޅޭ މައުލޫމާތު ތައް ކަމަށާާ، ކެންޕެއިން ކުރަމުންދާ ގޮތް އެއީ އެ ބައެއްގެ ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ގޮތެއްގައި މި ބަލަނީ ކެންޑިޑޭޓާއި ރަނިންމޭޓާއި ދެ ބޭފުޅުންގެ މައުލޫމާތު މިބަލަނީ. ތިންވަނަ ފަރާތެއްގެ މައުލޫމާތު... އަނެންހެން އެމްޑީޕީން ކޯލިޝަން ހަދައިގެން އިތުރު ދެ ޕާޓީ އަކާއި އެކު މިދަނީ. ޕީއެންސީން ޕީޕީއެމާއި އެކުގައި މި ކޯލިޝަން ހަދަނީ. އެހެންވީމާ އަޅުގަނޑުމެން ގާނޫނުގައި ދަންނަ ކަމެއް ނޫން އަނެންހެން ކޯލިޝަން ހަދައިގެން އެކަންކަން ކުރުމަކީ. އެހެންނަމަވެސް އެ ބޭފުޅުންގެ އަމިއްލަ ބޭނުމަށް އެކަންކަން ކުރެވިދާނެ. އެއީކީ އަނެންހެން މައްސަލަ އެއް ނޫން. 

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު 

ހަބީބު ވިދާޅުވީ ރާއްޖޭގެ ގަނޫނު އަސާސީގައި ވާގޮތުން ކޮންމެ މީހަކަށްވެސް ކެންޕެއިން ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ކެންޕެއިންގެ ތެރެއިން އެކި މީހުން ވިއްކާނީ އެކި ސިޔާސަތު ކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، އެމީހެއްގެ ނަޒަރުގައި އެންމެ ރަނގަޅަށް ވިއްކިދާނެ އެއްޗެއް ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވުމަކީ އެ މީހުންގެ ހައްގެއް ކަމަށް އީސީން ދެކޭ ކަަމަށެވެ. 

އެހެންވީމާ ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުން ކުރައްވައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ކެންޕެއިން ކުރެއްވުމަކުން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ފާސްކޮށްދީފައެއް ނޯންނާނެ. އެކަމު ގާނޫނީ ގޮތުން އެކަން ކުރުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް މި ބަލަނީ

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު 

ޑރ. މުއިއްޒު ރިޔާސީ ރޭހަށް ނުކުންނެވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ ފުރަތަަމަ ކަނޑައެޅުނު، ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އީސީން ކަނޑައަޅައި، ސްޕްރީމް ކޯޓުންވެސް އެ ނިންމުމަށް ތާއީދު ކުރުމުންނެވެ. އެހެންކަމުން، މުއިއްޒުގެ ކެންޕެއިން ސްލޯގަން އަށްވެސް ބޭނުން ކުރަމުން އަންނަނީ ޔާމީންއަށް ބޭނުން ކުރުމަށް ކަނޑައެޅުނު ސްލޯގަން އެވެ. އަދި މުއިއްޒު ވިދާޅުވަމުންދަނީ ވެސް އޭނާ ކުރިއަރުއްވާނީ ރައީސް ޔާމީން ގެ ތަރައްގީގެ ފިކުރު ކަމަށެވެ. އެގޮތުގެ މަތީން މުއިއްޒުގެ ކެންޕެއިން ޕޯސްޓަރ ތަކުގައި ޔާމީންގެ ފޮޓޯވެސް ބޭނުން ކޮށްފައި ހުންނަކަށް ފާހަގަކޮށްލަން ޖެހެ އެވެ. 

ކޮމެންޓް
މާމާ
ކޮންމެ މީހަކަށް ވެސް މިބިމުގައި މިނިވަން ކަމާއި އެކު އުޅެވެން ޖެހޭ!
16 Aug 2023
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ