ނ ޅޮހީގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
13 Aug 2023 | 13:57
ޅޮހީ ސިއްޚީ މަރުކަޒުގެ ޚިދްމަތް 24 ގަޑިއިރަށް ހަދައި ލެބޯޓްރީގެ ޚިދްމަތް ފަށާނަން: ރައީސް ޞާލިޙް

ނ ޅޮހީގެ ރައްޔިތުން އެދުނީ ސިއްޚީ މަރުކަޒުގެ ޚިދްމަތް ހަދަން ކަމަށާއި ނަމަވެސް ދެން އަންނަދައުރެއްގައި 24 ގަޑިއިރު ޚިދްމަތްދީ ލެބޯޓްރީގެ ޚިދްމަތްވެސް ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ  ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރު ފުޅުގައި އެއަތޮޅު ޅޮއްސައި ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި ޚިލާފަށް އެމަނިކުފާނުގެ ސިޔާސަތަކީ ތަފާތު ކުރުމެއް ނެތި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

"މުޅި ރާއްޖެއެކީ ވިއުގަޔަކުން ގުޅާލުން، އެއީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ އެއީ އަޅުގަނޑުމެން ވީ ވަޢުދެއް، ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުން އެއީ އަޅުގަނޑުމެންގެ އެއް ވަޢުދު، އެގޮތުން އާރްޓީއެލްގެ ޚިދްމަތް ބޮޑުތިލަދުން މަތީގައި ފެށި މިހާރު ހުވަދު އަތޮޅުގައިވެސް  ފެށިގެން ކުރިއަށް އެދަނީ، ދެން އިރާދަކުރެއްވިއްޔާ އެ ޚިދްމަތް އަންނާނީ ނ. އަތޮޅަށް، މިހާރު ވަނީ އެކަމަސް ބޭނުންވާ ލޯންޗުފަހަރު އުޅަނދުފަހަރު ބަނުނަށް ކޮންޓްރެކްޓް ކުރެވިފަ، އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ދެތިން މަސްތެރޭގައި، މިއަހަރު ނިމުމުގެ ކުރިން މިއަތޮޅުގައި އެ މަޝްރޫޢު، އެޚިދްމަތް ފެށިގެން ދިޔުން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް 

އަދި އޭރުން ހީނުކުރާ ފަދަ ކުރިއެރުންތަކެއް ރަށްތަކުން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނ ޅޮއްސަށް ޚާއްސަކޮށް ކޮށްދެއްވަން ވަޢުދުވާ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ޅޮހީގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށް ޓޫރިސްޓުން މޫދަށް އެރުމަށް ވަކި ބީޗެއް ހަދައިދެއްވާނެ ކަމަށެވެ.

މިއާއި އެކު ޅޮހީގެ ރައްޔިތުން އެދިފައި އޮތީ 8 ގަޑިއިރަށް ޚިދްމަތް ދެމުންދާ ސިއްޚީ މަރުކަޒުގެ ޚިދްމަތް 16 ގަޑިއިރަށް ހަދައިދިނުމަށް ކަމަށާއި ނަމަވެސް މިހާރު ނިންމާފައިވަނީ ދެންއަންނަ ދައުރެއްގައި އެ މަރުކަޒުގެ ޚިދްމަތް 24 ގަޑިއިރަށް ހަދައި އެތަނުގައި ލެބޯޓްރީގެ ޚިދްމަތްވެސް ދިނުމަށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުން އެރަށު ސްކޫލަށް ބޭނުންވެފައިވާ މަލްޓިޕާޕަސް ހޯލް އަޅުއްވައިދެއްވައި ސްކޫލްގައި ރިސޯސް ރޫމްތައް އަޅައިދެއްވައި ރަށު ކައުންސިލް އިދާރާއާއި ޒުވާނުންނަށް ޚާއްސަ ޔޫތް ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ނ އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އިއްޔެވެސް ވަނީ އެއަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންފައެވެ. މިއަދު ދަތުރު ފެއްޓެވީ ނ ޅޮހިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.