ރައީސް ޔާމީނު ފޮޓޯ: އިންޓަނެޓް
ހަބަރު
13 Aug 2023 | 16:34
ރައީސް ޔާމިނުގެ ޖޫރިމަނާ ފަސްކޮށްދީފި، ޖަލު ހުކުމް ފަސްކޮށެއް ނުދިން!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވި ހުކުމުގެ ތެރެއިން ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް ހައިކޯޓުން ނިންމައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއި 11 އަހަރަށް ޖަލަށް ލުމެވެ.

ރައީސް ޔާމީންގެ ފަރާތުން ހުކުމް އިސްތިނާފު ކޮށް އެދިފައި ވަނީ ޖަލު އަދަބާއި، ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށެވެ. ޔާމީންގެ ފަރާތުން ހުށަހެޅި ދެ ހުށަހެޅުމަށް ވަކިވަކި ދެ އަމުރެއް ހައި ކޯޓުގެ ވެބްސައިޓްގައި ދެންމެ އަޕްލޯޑްކޮށްފައިވެ އެވެ.

އިސްތިއުނާފުގެ މައްސަލައާ ހަވާލުވެ ތިބި ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެއް އަމުރުގައި ވަނީ، ހައި ކޯޓުގައި ކުރިއަށްދާ އެ މައްސަލަ ނިމެންދެން ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާނަމަ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށެވެ.

އެ ނޫން ގޮތަކުން ވެސް އެ ޖޫރިމަނާގެ ފައިސާ ހޯދުމަށް ޓަކައި މޯލްޑިވްސް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށް ވެސް ހައި ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުުން އަމުރެއް ނެރެފައި މިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް އަމުރު ނެރެދިން ނަމަވެސް ޖަލު ހުކުމުގެ އަދަބު ފަސްނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ އަންގާފަ އެވެ. މިވަގުތު އެމަނިކުފާނު ގެންދަވަނީ އާރަށު މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް