ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން
ހަބަރު
14 Aug 2023 | 09:28
ގޯތި ލިބޭ މީހުންގެ ހާލަތަށް ނުބަލާނެ؛ އެކަަމަކު ފުލެޓް ލިބޭ މީހުންގެ ބަލާނެ: މިނިސްޓްރީ

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ފެންވަރާއި ހާލަތަށް ބަލާފައި ނުވާނެ ކަމަށާ، އެހެންނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުކެޓް ދޭއިރު އެބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން ރޭ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ދޫކުރަނީ ބިމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށާއި، އެއްވެސް ރަށެއްގައި ގޯތި ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ނުބަލާ ކަމަށެވެ.

އެހެންކަމުން ގޯތި ދޭ އިރު އެކަން ކަމަށް ނުބަލާނެ ކަމަށާ, ނަމަވެސް އެއާއި ޚިލާފަށް ފުލެޓު ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް އަކްރަމް ވިދާޅުވި އެވެ. 

މީގެ އިތުރުން އަކްރަމް ވިދާޅުވީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގައި ކަމަށެވެ. އަދި ގޯތިތައް ދެނީ ރެޖިސްޓަރ ކުރުމަށްފަހު، އިންވެސް ވަކިކޮށްފައި ކަމުން، ސަރުކާރު ބަދަލުވި ކަމުގައިވިޔަސް، ގާނޫނީ ހުރަހެއް ނޯންނާނެ ކަމަށެވެ.

ގޯތި ދިނުމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ލިބޭ ތަންތަނަށް ކަނޑައަޅަނީ ބަކެޓަކަށް ކަރުދާސްކޮޅު އަޅާ އޭގެ ތެރެއިން ނެގޭ ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހުުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅުން ނެގޭ ގޯތިތައް ހިމެނެއެވެ.

"އަޅުގަނޑުމެން މާދަމާ ނޫން އަނެއް ދުވަހު ގުރުއަތު ނަގާފައި ހަމަ އެ ދުވަހު ހުޅުމާލެ އިން ނެގޭ ގޯތިތަކުގެ އިން ވަކި ކޮށްދިނުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައި." އާރިފް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.